ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމުގެ ވެރިކަމަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރިކަމުގެ މޫސުމެއް ކަމަށް އެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޏާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޏާ މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ފާއިތުވި ދެ ސަރުކާރަކީ ވެސް ރައްޔިތުންގެ ކުރިމަތީ ފެއިލް ވެފައި އޮތް ސަރުކާރުތަކެއް ކަމަށެވެ. އަދި އެ ސަރުކާރުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ދުންޏާ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި އަލްއުސްތާޛް ރައީސް މައުމޫނުގެ ދަރިކަލުން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަކީ މިހާތަނަށް އެންމެ ބޮޑެތި ވައްކަންތައް ފެނިގެންދިޔަ އަދި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި އެފަދަ އެނޫންވެސް ގިނަ ކަންތައްތަކެއް ހިނގައިދިޔަ ސަރުކާރެއް ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށް ލުން ހިމެނޭކަމަށް ވެސް ދުންޏާ ވިދާޅުވިއެވެ.
ދުންޏާ އިތުރަށް ވިދާޅުވީ، އެކަމަނާގެ ބޮޑުބޭބެ، ޔާމީންގެ ސަރުކާރަކީ ގައުމަށް ކުރިމަތިބި ބިރުވެރިކަމުގެ މޫސުމެއް ކަމަށާ އެފަދަ ދުވަހެއް ކުރިމަގުގައި ވެސް އަތުވެދާނެކަމަށް ސަމާލުވެ ތިބެންޖެހޭ ކަމަށެވެ.
ދުންޏާ މިފަދައިން ވިދާޅުވެފައި މިވަނީ، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ މަރުދުވަހާ ޖެހެންދެންވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ޕީޕީއެމާއި އެމްއެންޕީ އާއި ދެމެދު ބޮޑެތި ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީނަށް ރައްދު ދެއްވަމުން ނާޒިމް ވެސް ވަނީ ރައީސް ޔާމީނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ޣައްދާރު ކަމަށް ވިދާޅުވެފައެވެ.

Former president Yameen’s administration was "a climate of fear in the country", says his cabinet, foreign minister.
— Col(rtd)Mohamed Nazim MP (@nazim7878) August 2, 2022
Very true @dunyamaumoon! pic.twitter.com/JQZO7Cu0Fs
ދުންޏާ އިތުރަށް ވިދާޅުވީ، އެކަމަނާގެ ބޮޑުބޭބެ، ޔާމީންގެ ސަރުކާރަކީ ގައުމަށް ކުރިމަތިބި ބިރުވެރިކަމުގެ މޫސުމެއް ކަމަށާ އެފަދަ ދުވަހެއް ކުރިމަގުގައި ވެސް އަތުވެދާނެކަމަށް ސަމާލުވެ ތިބެންޖެހޭ ކަމަށެވެ.
ދުންޏާ މިފަދައިން ވިދާޅުވެފައި މިވަނީ، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ މަރުދުވަހާ ޖެހެންދެންވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ޕީޕީއެމާއި އެމްއެންޕީ އާއި ދެމެދު ބޮޑެތި ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީނަށް ރައްދު ދެއްވަމުން ނާޒިމް ވެސް ވަނީ ރައީސް ޔާމީނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ޣައްދާރު ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު