ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ވެރިއެއް އަބަދު ނުލިބޭނެ ކަމަށް ވިދާޅުވެ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވައިފި އެވެ.
ރ.އަލިފުށި ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައީސް ސާލިޙު ކަހަލަ ވެރިއެއް އަބަދު ނުލިބޭނެ ކަމަށެވެ. އާޒިމް ވަނީ މި ވެރިކަމުގެ ތިން އަހަރުތެރޭ މުޅި ރާއްޖޭގެ ތާރީހުގައި ވެސް ނުކުރެވޭ ވަރަށް މަސައްކަތްތައް ކުރެވިފައިވާކަން ފާހަގަކުރަށްވާފައެވެ. އާޒިމް ވިދާޅުވީ މިއަދު ރާއްޖޭން ފެންނަމުން ދަނީ އާދަޔާ ހިލާފު ތަރައްގީގެ ދުވަސްތަކެއް ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ރައީސް ސޯލިހު ފަދަ ކަންކަން ކޮށްދޭން ބޭނުންފުޅުވާ ރައީސަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ރައީސް ދުލުން ބަސްފުޅެއް ވިދާޅުވަނީ ވިސްނާ ފިކުރުކޮށްފައި އެކަން ކުރެވޭނެ ގޮތެއް ފެންނަން އޮތުމުން ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން މިދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން އެކަނި 92 މަޝްރޫއު ނިންމާފައިވާއިރު މިހާރު އިތުރު 110 މަޝްރޫއެއްގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އަނގައިން ބަސްފުޅެއް ވިދާޅުވުމަށްފަހު އެކަން ތެދުކުރައްވާ ވެރިން މާގިނައިން ނުލިބޭނެ ކަމަށެވެ. އެފަދަ ބައިވަރު ވެރިން ދެކެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ހުރިހާ މުވައްޒަފުންގެ ކައިރީގައި އަބަދުވެސް އެދެން މާގިނަ ގިނައިން ލިބޭނެ ވެރިންނެއް ނޫނޭ މިއީ. އަބަދު މިކަހަލަ ވެރިންނެއް ނުލިބޭނެ." ރައީސް ވައުދުތަށް ފުއްދަވަމުން ގެންދަވާ ކަން ހާމަކުރަށްވަމުން އާޒިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު