ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކެނެރީގެއާއި މުރައިދޫގެ ބަލާ ފާސްކުރަން އެންގި ކަަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މިހެން ބުނީ ރައީސް ސާލިޙާއި ގުޅުވައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކެނެރީގެ އާއި މުރައިދޫގެ ބަލާ ފާސްކުރަން ރައީސް ސޯލިހް އަންގަވާފައިވާ ކަމަށާއި އެމަނިކުފާނު އެކަމަށް އަމުރު ކުރެއްވުމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވެފައިވާ ކަމަށް ބައެއް މީޑިޔާއަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެެވެ.

އެ މީޑީޔާއިން ޝާއިއު ކުރި އެ ޚަބަރުގައި ބުނެފައިވަނީ ދެ ރައީސުންގެ މަޝްވަރާތަކަކަށް ފަހު އެ އޮޕަރޭޝަން ހުއްޓާލަން އެންގީ ކަމަށެވެ. އެ އެންގުން އެންގީ ރައީސް ނަޝީދުގެ އަތްޕުޅުގައި ހުރި ކަމަށް ވިދާޅުވާ ފޮޓޯތައް އާންމު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށާ އަދި ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރަށް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަަމަށް ރައީސް ސޯލިހް ވެސް ވިދާޅުވުމުން ކަމަށް އެ ޚަބަރުގައި ބުނެފައިވެެެއެވެ.

އެ ވާހަކަތަކަށް ރައްދު ދީ ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މުރައިދޫގެެެއާ ކެނެރީގެ ފާސްކުރަން ސަރުކާރުން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރިޕޯޓްގައި ހުރީ މުޅީންވެސް ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ބުންޏެެވެ. ރިޕޯޓްގައިވާ ފޮޓޯތަކުން ފެންނަ ކަަމަށް ބުނާ އަންހެން މީހާ ދިރިއުޅޭ ގެއާއި އޭނާ މިވަގުތު ހުރި ތަނެއް ހޯދުމަށް ފުލުހުންނަށް އެންގި ކަމަށް ބުނާ ވާހަކަ ވެސް ފުލުހުން ވަނީ ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު