އިންޑިއާއިން ދިވެހި ސިފައިންނަށް ކޮޅުވެއްޓިއަކާއި ކޯސްޓްގާޑު އުޅަނދަކާއި ހިލޭ 24 އެއްގަމު އުޅަނދު ދިނުމަށް ނިންމައިފިއެވެ.

އެކަންހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް މިހާރު އެގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެެވެ.

ރައީސް ސާލިޙު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި ދެެއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ދެވަނަ ލޭންޑިންގ އެސޯލްޓް ކްރާފްޓަކާއި، ސީ.ޖީ.އެސް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ދިވެހި ސިފައިންނަށް ދެއްވުމަށް އިންޑިޔާ ސަރުކާރުން ނިއްމާފައިވާ ކަމަށެވެ. އަދި 24 ޔުޓިލިޓީ ވެހިކަލް ދިވެހި ސިފައިންނަށް ހަދިޔާކުރުމަށް އިންޑިޔާ ސަރުކާރުން ނިއްމާފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފަށް އިންޑިއާއިން ދޭ ހިލޭ އެހީ އާއި 50 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށްޓަކައި ރައީސް ސޯލިހު ވަނީ މޯދީއަށް ޝުކުރު އަދާކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްއެންޑީއެފްގެ އާލާތްތަކާއި ވަސީލަތްތައް ޒަމާނީ ކުރުމުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

އިންޑިއާގެ ނޭވީއިން ރާއްޖޭގެ ކޯސްޓްގާޑަށް ބަދަލުކުރާ އުޅަނދެއްގެ ގޮތުގައި 'ސީޖީއެސް ހުރަވީ' ރާއްޖެއަށް ދީފައިވަނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. އެ ޓްރާންސްފާގެ ދަށުން، ޓެކްނިކަލް އެހީއާއި އެކި އާލާތްތައް ތިން އަހަރު ވަންދެން އިންޑިއާގެ ނޭވީއިން ދިވެހި ސިފައިންނަށް ވަނީ ދީފައެވެ. އެ އުޅަނދު އަނބުރާ އިންޑިއާއަށް ގެންދިޔައީ 2018 ވަނަ އަހަރުއެވެެ.



ކިޔުންތެރިންގެ ހިޔާލު