ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް އިސްވެ ހުންނަވަައިގެން އުފައްދަވާފައިވާ އެމްއާރްއެމްގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޙުސައިން އަކްޝަރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިއްޖެއެވެ.

އަކްޝަރަކީ މިދިޔަ ދައުރުގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ގޮނޑިއަށް އެމްއާރްއެމްގެ ޓިކެޓުގައި ވާދަ ކުރެއްވި ފަރާތެކެވެ. ސިޔާސީ ދާއިރާގައި ގިނަ ބަޔަކު ދަންނަ އަކްޝަރު އެމްއާރްއެމުން ވަކިވެ ޖޭޕީއާއި ގުޅުނީ މިއަދެވެ.

ޕާޓީ ބަދަލު ކުރެއްވުމަށްފަހު އަކްޝަރް ވިދާޅުވީ، ޖޭޕީއާ ގުޅިވަޑައިގެންނެވީ ސިޔާސީ ގޮތުން ކުރިމަގު އޮތް ޕާޓީއަކަށް ވާތީ ކަމަށެވެ.

އެމްއާރްއެމް އުފެއްދުމަށް މެންބަރުން ހަމަކުރިއިރު، އެންމެ ފުރަތަމަ އެ ޕާޓީއަށް ސޮއި ކުރި 3،000 މެންބަރުންގެ ތެރޭގައި އަކްޝަރު ހިމެނެއެވެ. އަކްޝަރަކީ ކުރީގެ ރައީސް މައުމޫނާއި ފާރިޝް މައުމޫނަށް ވަރަށް ބޮޑަށް ތާއިދު ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު