ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލްފަައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާ އެވެ. އާޒިމާގެ ޝަރީއަތުގެ އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.

މި ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ދެ ކޯޓުން ވެސް ވަނީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފައެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައެވެ.



ކިޔުންތެރިންގެ ހިޔާލު