ބޯކޮށް ވާރޭވެހޭ ދުވަސްވަރުގައި ހިޔާގެ ބައެއް ފްލެޓްތަކުގެ ކުޑަދޮރުތަކުގެ ކައިރިން ކޮޓަރި އަށް ފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
ވާރޭވެހޭ ދުވަސްވަރުގައި ހިޔާގެ ބައެއް ފްލެޓްތަކުގެ ކުޑަދޮރުތަކުގެ ކައިރިން ކޮޓަރިއަށް ފެން ލީކުވާ މައްސަލައަކީ ހިޔާގައި އުޅޭ ގިނަ ބަޔަކު ފާހަގަކުރަމުންދާ މައްސަލައެކެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކަށް ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށީ އެކަމަށް ބޭނުންވާ ސާމާނު ލިބުމާއެކުކަމަށެވެ.
އެޗްޑީސީން ބުނީ ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 5:30 ގެ ނިޔަލަށް ކަމަށެވެ.
އެޗްޑީސީން މިހާރު ވަނީ އެ މަސައްކަތް ކުރިއަށްގެންދާނެ ތާވަލްވެސް އިއުލާންކޮށްފައެވެ. އަދި އެޗްޑީސީން ވަނީ އެ ވަގުތުގައި ފްލެޓަށް ވަދެވޭނެ އިންތިޒާމު އަދި ކުޑަދޮރު ކައިރީ މަސައްކަތްކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދިނުމަށް އެދިފައެވެ.
އެޗްޑީސީން ބުނީ މި މައްސަލައަކީ ބައެއް ފްލެޓުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމުން، ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން މައްސަލަ ހައްލުކޮށްދިނުމަށް އެފަރާތްތަކަށް ކޯޕަރޭޝަންގެ ރަސްމީ ނަންބަރުން (3353535 އިން) ގުޅަމުންދާނެކަމަށެވެ.
އެޗްޑީސީން ކުރިން ކުރި އިއުލާނުގައިވާ ގޮތުން ފްލެޓްތަކަށް ފެން ވަންނަ މައްސަލަ ހައްލުކޮށްދޭން ނިންމާފައި ވަނީ އެ ކޯޕަރޭޝަނަށް ޝަކުވާ ލިބުނު ތަރުތީބުންނެވެ.
އެޗްޑީސީން ދަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާ މަޝްރޫއުގެ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ސަމާލުކަމަށް!https://t.co/McKK9ogvdD
— HDC (@hdcmaldives) August 2, 2022
އެޗްޑީސީން މިހާރު ވަނީ އެ މަސައްކަތް ކުރިއަށްގެންދާނެ ތާވަލްވެސް އިއުލާންކޮށްފައެވެ. އަދި އެޗްޑީސީން ވަނީ އެ ވަގުތުގައި ފްލެޓަށް ވަދެވޭނެ އިންތިޒާމު އަދި ކުޑަދޮރު ކައިރީ މަސައްކަތްކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދިނުމަށް އެދިފައެވެ.
އެޗްޑީސީން ބުނީ މި މައްސަލައަކީ ބައެއް ފްލެޓުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމުން، ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން މައްސަލަ ހައްލުކޮށްދިނުމަށް އެފަރާތްތަކަށް ކޯޕަރޭޝަންގެ ރަސްމީ ނަންބަރުން (3353535 އިން) ގުޅަމުންދާނެކަމަށެވެ.
އެޗްޑީސީން ކުރިން ކުރި އިއުލާނުގައިވާ ގޮތުން ފްލެޓްތަކަށް ފެން ވަންނަ މައްސަލަ ހައްލުކޮށްދޭން ނިންމާފައި ވަނީ އެ ކޯޕަރޭޝަނަށް ޝަކުވާ ލިބުނު ތަރުތީބުންނެވެ.
އެޗްޑީސީން ދަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު