އައްޑޫ ފްލައިން ސްކޫލްގައި ކުރިއަށްގެންދިޔަ ޕައިލެޓް ކޯސް ފުރިހަމަ ނުކުރެވުނު ދަރިވަރުން ލޯނަށް އެދުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އައްޑޫ ފްލައިން ސްކޫލް ހިންގުން ހުއްޓައިލި އިރު ކޯސް ނިންމައި ނުލެވި ތިބި ދަރިވަރުންގެ ތެރެއިން ލޯނު ދޫކުރާނީ ރިފްރެޝްވުމުގެ ޕްރޮގްރާމެއް ފުރިހަމަކުރާ ދަރިވަރުންނަށްކަމަށެވެ. އެގޮތުން އެ ޕްރޮގްރާމްގައި ބައިވެރިވި 65 ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްްޓްރީން ބުނެފައި ވެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުން ލޯނަށް އެދި ހުށަހަޅަން ހުޅުވައިލި ފުރުސަތުގެ ސުންގަޑިއަކީ މިމަހުގެ 15ވަނަ ދުވަހުގެ މެންދުރު ފަހު 1:30އެވެ.
މިލޯނުގެ ގޮތުގައި ފައިސާ ދޫކުރާނީ ކޯހުގެ ބާކީ ބަޔަށް ވާ ވަރަށް ކަމަށާއި އެފައިސާ ދޫކުރާނީ މިނިސްޓްރީގެ މިއަހަރުގެ ބަޖެޓުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އައްޑޫ ފްލައިންގ ސްކޫލް ހުއްޓާލުމާއި ގުޅިގެން ސަރުކާރުން ވަނީ "މޯލްޑިވިއަން ފްލައިން އެކަޑަމީ"ގެ ނަމުގައި ފްލައިންގ ސްކޫލެއް ހުޅުވާފައެވެ. މިއީ ދިވެހި ފުރަތަމަ ފްލައިން ސްކޫލެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަކީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ގުޅިގެން ގާއިމްކުރި ސްކޫލެކެވެ. އެހެންކަމުން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ ހިންގަމުންދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނާއި ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީގެ ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު