އަހުމަދު މަސްނޫމް   1 އޯގަސްޓު 2022 - 22:59
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 ބޭފުޅުން މިހެނޭ ވަފްދެއް އިންޑިއާގެ ނިއުދިއްލީއަށް މިރޭ ފުރާވަޑައިގެންފިއެވެ.

މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ، މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެކެވެ.

މި ދަތުރުގައި ބައިވެރިވަޑައިގަންނަވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ ޕާލަމެންޓަރީ ސާރވިސްގެ 10 ބޭފުޅުންނެވެ. އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެއެވެ.

އޯގަސްޓް 1 އިން 6 އަށް މަޖިލީހުގެ ވަފްދުން ނިއުދިއްލީއަށް ކުރާ ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ މަސައްކަތް ކުރާގޮތް ބައްލަވާ ލައްވާ މައުލޫމާތު ހޯއްދަވާނެއެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ 2 ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ވަޑައިގަތީ 2020 ވަނަ އަހަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު