އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސައިޒު އޮޅިވަޑައިގެން ނޫޅުއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވީ ތަފްސީރު ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ޑރ. އިޔާޒަށް ދޭން ހެޔޮނުވާނެކަމަށް އާޒިމް ވިދާޅުވުމުންނެވެ.
އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއްކަމަށެވެ.
"ހެޔޮނުވާނެ މީނަޔަށް މިކަހަލަ ފުރުސަތު ދޭކަށް." އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިޔާޒު ވިދާޅުވީ ފުރުޞަތުދޭން ހެޔޮވާވަރުގެ މީހުންނާއި އެނޫން މީހުން ކަނޑައަޅާނީ އާޒިމް ނޫންކަމަށެވެ. އަދި އާޒިމް ސައިޒް އޮޅިވަޑައިގެން ނޫޅުއްވުވުމަަށް އިޔާޒު ވިދާޅުވިއެވެ.
"ފުރުޞަތުދޭން ހެޔޮވާވަރުގެ މީހުންނާއި އެނޫން މީހުން ކަނޑައަޅާނީ އާޒިމް އެއް ނޫން. ސައިޒް އޮޅިވަޑައިގެން ނޫޅުއްވާ." އިޔާޒު ވިދާޅުވިއެވެ.
އާޒިމާއި ޑރ. އިޔާޒާައި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، އެ ދެ ބޭފުޅުންގެ މެދުގައި ދޭތެރެދޭތެރެއިން މިކަހަލަ ޒުވާބު ސޯޝަލް މީޑިއާގައި ހިނގައެވެ.

މިއީ ރާއްޖެގައި މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއް. ހެޔޮނުވާނެ މީނަޔަށް މިކަހަލަ ފުރުސަތު ދޭކަށް https://t.co/LWlovmQhW9
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) August 1, 2022
އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިޔާޒު ވިދާޅުވީ ފުރުޞަތުދޭން ހެޔޮވާވަރުގެ މީހުންނާއި އެނޫން މީހުން ކަނޑައަޅާނީ އާޒިމް ނޫންކަމަށެވެ. އަދި އާޒިމް ސައިޒް އޮޅިވަޑައިގެން ނޫޅުއްވުވުމަަށް އިޔާޒު ވިދާޅުވިއެވެ.
"ފުރުޞަތުދޭން ހެޔޮވާވަރުގެ މީހުންނާއި އެނޫން މީހުން ކަނޑައަޅާނީ އާޒިމް އެއް ނޫން. ސައިޒް އޮޅިވަޑައިގެން ނޫޅުއްވާ." އިޔާޒު ވިދާޅުވިއެވެ.
އާޒިމާއި ޑރ. އިޔާޒާައި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، އެ ދެ ބޭފުޅުންގެ މެދުގައި ދޭތެރެދޭތެރެއިން މިކަހަލަ ޒުވާބު ސޯޝަލް މީޑިއާގައި ހިނގައެވެ.
ކިޔުންތެރިންގެ ހިޔާލު