ޕީޕިއެމްގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބުދު ﷲ ޔާމިނަށް ދިން ނަމަވެސް އެމަނިކުފާނުގެ ބިރުވެރި މޫނު ރީތި ނުކުރެވޭނެ ކަމަށް މޯލްޑިވިސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ޕީޕިއެމްގެ ސެނެޓުން ރޭ ވަނީ ނިންމާފައެެވެ. ރިޔާސީ އިންތިޚާބުގެ ޕީ.ޕީ.އެމް/ޕީއެން.ސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިއްމުމުން އެމަނިކުފާނު ވަނީ އެކަން ގަބޫލުފުޅު ކުރައްވާފައެވެ.
އެކަމާ ގުޅިގެން މޯލްޑިވިސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ ޓިކެޓެއް ދިނަސް އަދި އެއީ މުޖުރިމެއް ނޫން ކަމަށް ނުހެދޭނެ ކަމަށެވެ. އަދި މަގުމަތިން މީހުން މެރުމާއި، ވައްކަން ކުރުމާއި ނުޙައްޤުން އެތައް ބަޔަކު ޖަލަށްލުން އާންމު ވެފަ އޮތް ވެރިކަމެއް ރީތި ކުރާނީ ކިހިނެއްތޯއޭ ވިދާޅުވެ މޫކޭ ވަނީ ސުވާލުކުރަށްވާފައެވެ.
"އެ ބިރުވެރި ޔާމީނުގެ މޫނު ރީއްޗެއް ނުކުރެވޭނެ." އިދިކޮޅު ލީޑަރު ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މޫކޭ ވިދާޅުވިއެވެެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން އެމަނިކުފާނު ވަކި އެއްޗެއް ހާމަކުރަށްވާފައެއް ނުވެއެވެ.

ޓިކެޓެއް ދިނަސް އަދި އެއީ މުޖުރިމެއް ނޫން ކަމަށް ނުހެދޭނެ. މަގުމަތިން މީހުން މެރުމާއި، ވައްކަން ކުރުމާއި ނުޙައްޤުން އެތައް ބަޔަކު ޖަލަށްލުން އާންމު ވެފަ އޮތް ވެރިކަމެއް ރީތި ކުރާނީ ކިހިނެއް? އެ ބިރުވެރި ޔާމީނުގެ މޫނު ރީއްޗެއް ނުކުރެވޭނެ.
— Moosa Ali Manik 🇲🇻 (@VMookey) August 1, 2022
"އެ ބިރުވެރި ޔާމީނުގެ މޫނު ރީއްޗެއް ނުކުރެވޭނެ." އިދިކޮޅު ލީޑަރު ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މޫކޭ ވިދާޅުވިއެވެެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން އެމަނިކުފާނު ވަކި އެއްޗެއް ހާމަކުރަށްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު