ޓައިވާނަށް ދަތުރު ނުކުރެއްވުނަށް ޗައިނާ އާއި އެމެރިކާގެ އޮފިޝަލުން އިންޒާރު ދެއްވާފައިވަނިކޮށްވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަށް ނިންމައިފިއެވެ.
ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޝިޔާގެ 4 ގައުމަކަށް އިއްޔެ އެކަމަނާ އިސްކޮށް ހުންނަވައިގެން ފެއްޓެވި ގާނޫނު ހަދާ މަޖިލީހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެކަމަނާ އަރިހުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވް 5 މެމްބަރަކުވެސް ބައިވެރިވެއެވެ.
ޕެލޯސީގެ އޮފީހުން ދަތުރުފުޅާއި ގުޅޭގޮތުން ނެރުނު ރަސްމީ ބަޔާނުގައި އޮތް ގޮތުން އެކަމަނާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރު، މެލޭޝިޔާ، ދެކުނު ކޮރެޔާ އަދި ޖަޕާނަށެވެ. ނަމަވެސް ޓައިވާންގެ އޮފިޝަލަކާއި ހަވާލާދީ ސީއެންއެނުން ރިޕޯޓްކުރާ ގޮތުގައި މި ދަތުރުގެ ކޮންމެވެސް ހިސާބަކުން އެކަމަނާ ޓައިވާނަށް ވަޑައިގަންނަވާނެއެވެ. އަދި ޓައިވާންގައި އެއް ރޭ މަޑު ކުރައްވާނެކަމަށްވެސް ސީއެންއެނުން ބުނެއެވެ.
ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ އެ ދަތުރު ވެގެންދާނީ 1997 ވަނަ އަހަރުގެ ފަހުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް އޮފިޝަލަކު ޓައިވާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. އަނެއްކޮޅުން ޗައިނާގެ ދަށުގައި އޮންނަކަމަށް ދުނިޔެއިން ބަލާ ޓައިވާނަށް ވަޑައިގަންނަވާނެކަމަށް ޕެލޯސީ ވިދާޅުވި ހިސާބުން އެމެރިކާ އާއި ޗައިނާގެ އޮފިޝަލުން ވަނީ އެކަން ނުކުރެއްވުމަށް ބުނެ އެކަމަނާއަށް އިންޒާރު ދީފައެވެ. އެއީ ޗައިނާގެ ރުހުން ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބަދަލުގައި ޗައިނާއިން އަޅާނެ ފިޔަވަޅެއް ނޭނގޭނެތީއެވެ.
ޓައިވާނަކީ 1959 ވަނަ އަހަރު ޗައިނާގައި ކޮމިއުނިސްޓު ވެރިކަން ގާއިމުވުމުން އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ނެޝަލިސްޓުން ފިލަން ދިޔަ ކުޑަ ޖަޒީރާ ރަށެކެވެ. އަދި އެ ރަށުގައި އެމީހުން ގާއިމްކުރި ދައުލަތަށް ރިޕަބްލިކް އޮފް ޗައިނާގެ ނަން ދިނެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ގައުމެއް ނޫނެވެ. ދުނިޔެއިން ބަލައިގެންފައިވަނީ ޗައިނާއެވެ. ނުވަތަ ރަސްމީ ނަމުންނަމަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ.

ކިޔުންތެރިންގެ ހިޔާލު