ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެރިކަމަށް ފައިނެގުން ހުއްޓާލަންޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ވަތަނީ ލީޑަރުން އިސްކުރާނީ އެންމެ ފުރަތަމަ ގައުމު ކަމަށެވެ. އަދި ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެެރިކަމަށް ފައިނެގުން ހުއްޓާލާ އާ ބަޔަކަށް ގައުމުގެ ހައްގުގައި ފުުރުސަތު ދޭންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެެ.
"ތާ އަބަދަށް ވެރިކަން ކުރުމުގެ ހުވަފެނުން މިންޖުވެ ވެރިކަމުގައި ބަގުޑިބެއްދުން ހުއްޓަން ޖެހޭ." ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.
ނާޒިމް މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެެެރުވުމަށް އެޕާޓީގެ ސެނެޓުން ނިންމުމުން އެމަނިކުފާނު އެކަން ގަބޫލުފުޅު ކުރަށްވާފައިވަނިކޮށެވެ.
ރައީސް ޔާމީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރަށްވާފަ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވައި ރައީސް ޔާމިނަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެންފަައެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސް ސާލީހުގެ އިތުރުން، ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ރޭހުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ.

ވަތަނީ ލީޑަރުން އިސްކުރާނީ އެންމެ ފުރަތަމަ ގައުމު. ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެެރިކަމަށް ފައިނެގުން ހުއްޓާލާ އާ ބަޔަކަށް ގައުމުގެ ހައްގުގައި ފުުރުސަތު ދޭން ޖެހޭ. ތާ އަބަދަށް ވެރިކަން ކުރުމުގެ ހުވަފެނުން މިންޖުވެ ވެރިކަމުގަ ބަގުޑިބެއްދުން ހުއްޓަން ޖެހޭ.
— Col(rtd)Mohamed Nazim MP (@nazim7878) August 1, 2022
"ތާ އަބަދަށް ވެރިކަން ކުރުމުގެ ހުވަފެނުން މިންޖުވެ ވެރިކަމުގައި ބަގުޑިބެއްދުން ހުއްޓަން ޖެހޭ." ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.
ނާޒިމް މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެެެރުވުމަށް އެޕާޓީގެ ސެނެޓުން ނިންމުމުން އެމަނިކުފާނު އެކަން ގަބޫލުފުޅު ކުރަށްވާފައިވަނިކޮށެވެ.
ރައީސް ޔާމީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރަށްވާފަ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވައި ރައީސް ޔާމިނަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެންފަައެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސް ސާލީހުގެ އިތުރުން، ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ރޭހުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު