ނޫސްވެރިޔާ އަހުމަދު ރިޟުވާން ރަހީނުކުރި މައްސަލައާއި ޔާމީން ރަޝީދު މަރާލި މައްސަލައިގައި މިދިޔަ ޖޫންމަހު ހައްޔަރުކުރި 3 މީހުންގެ މައްޗަށްވެސް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ނޫސްވެރިޔާ އަހުމަދު ރިޟުވާން ރަހީނުކުރި މައްސަލައާއި ޔާމީން ރަޝީދު މަރާލި މައްސަލައިގައި މިދިޔަ ޖޫންމަހު ހައްޔަރުކުރީ އިސްމާއީލް އަބްދުއްރަހީމް، އަހްމަދު އިސްމާއީލް (އަހަނދު) އަދި އަޙްމަދު މުއާޒު (ގަޓު މުއާ)އެވެ.
މި މީހުން ހައްޔަރުކުރީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެދިގެނެވެ.
ޕީޖީ އޮފީހުން ބުނީ އެކޮމިޝަނުން ހުށަހެޅި މައްސަލައިގައި ދަޢުވާތައް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން މުއާޒު ފިޔަވައިދެން ތިބި ދެ މީހުންނަށްވެސް ޔާމީނާއި ރިޟުވާންގެ މަރުގެ މައްސަލައާ ގުޅިގެން ރާވައި ހިންގި ކަމުގެ ތުހުމަތު ކުރެއެވެ. ނަމަވެސް މުއާޒަށް ކުރަނީ ހަމައެކަނި ރިޟުވާން މަރާ ގުޅުން އޮތް ކަމުގެ ތުހުމަތެވެ.
އިސްމާއިލް އަބްދުލްރަހީމަށް ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އޭނާއަށް މި ދައުވާ ކުރަނީ، 2014 ވަނަ އަހަރު އިސްމާއިލް، ރިޟުވާނަށް ފާރަލައި ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާކަމުގެ ތުހުމަތުގައެވެ.
މީގެއިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. އޭނާއަށް މި ދައުވާ ކުރަނީ ޔާމީން ރަޝީދުގެ ބްލޮގްގައި އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، 23 އޭޕްރީލް 2017 ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި، ޔާމީން ރަޝީދު މަރާލުމަށް އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތުގައެވެ.
މިމައްސަލައިގައި އަހްމަދު އިސްމާއީލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އޭނާއަށް މި ދައުވާ ކުރަނީ، ރިޟުވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި، އަޙްމަދު އިސްމާއީލާއި، އަހްމަދު އިސްމާޢީލްގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހްމަދު ރިޟުވާން ރަހީނުކޮށް މަރާލާފައިވާކަމުގެ ތުހުމަތުގައެވެ.
މީގެއިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. އޭނާއަށް މި ދައުވާ ކުރަނީ، ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް މީނާ އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތުގައެވެ.
އަހްމަދު މުއާޒަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އޭނާއަށް މި ދައުވާ ކުރަނީ، ރިޟުވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައި ވާތީއާއި، އަޙްމަދު މުޢާޒާއި، މުއާޒުގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ވަނަ ދުވަހުގެ ދަންވަރު އަހްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލާފައިވާ ކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު