ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަގަކީ 9.52 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން، މިހާރުގެ ހާބަރ ބޭސިން ފުންކުރުމާއި، އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.





ގދ. އަތޮޅަކީ އެކާވީސްހާސް ރައްޔިތުންގެ ބޮޑު އާބާދީއެކެވެ. މި އާބާދީގެ ބޮޑު ބަޔެއް ވައިގެ މަގުން ގދ. އަތޮޅަށް ދަތުރުކުރުމަށް ބޭނުންކުރާ މަންޒިލަކީ ކާޑެއްދޫ އެއަރޕޯޓެވެ. ހަމައެހެންމެ ކާޑެއްދޫއަކީ ވަކިން އޮންނަ ރަށެއްކަމުން، ކައިރީގައިވާ ރަށްތަކުން އެއަރޕޯޓަށް އައުމަށާއި ދިޔުމަށް ބޭނުންކުރާ އެންމެ މުޙިންމު އެއް ތަނަކީ ގދ. ކާޑެއްދޫ ބަނދަރެވެ.

"މި އަތޮޅުގެ ރައްޔިތުންނަށް ކާޑެއްދޫގެ ބަނދަރުގެ ބޭނުން މުހިއްމުވާ މިންވަރަށް ރިއާޔަތްކުރުމަށްފަހު މި ކުންފުނިން ވާނީ މި މަސައްކަތް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާ ހަވާލުކޮށްފައެވެ. މި ކުންފުނިން އެދެނީ މި ބަނދަރުގެ ސަބަބުން ގދ. އަތޮޅުގެ ރައްޔިތުންނަށް ކާޑެއްދޫއަށް އަރާ ފޭބުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެން ދިޔުމެވެ." އެމްޓީސީސީން ބުނެފައިވެއެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު