ސަރުކާރުން ސަބްސިޑީ ދޭ އުސޫލަށް ގެންނަ ބަދަލުތައް މިމަހު ހާމަކުރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވި ހިތާބުގައި ވަނީ ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމުގައި ދެކިވަޑައިގަންނަވާކަމަށާއި އެކަމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް ވިދާޅުވެފައެވެ.
"މި ބަދަލު ތަފްޞީލުކޮށް، ތަންޒީމުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފެށި ވާހަކަ ދަންނަވަން. މިއީ ދުޅަހެޔޮ އިޤްތިޞާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާޞިލުވުމަށް، މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ދިނުމާ ގުޅޭ އުސޫލުތައް މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ބަދަލުތައް އިއުލާން ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަބްސިޑީގެ އުސޫލަށް ބަދަލުތައް ގެންނަން ނިންމާފައި މިވަނީ ތެލުގެ ސަބްސިޑީއަށް، ބަޖެޓުގައި އަންދާޒާކުރި އަދަދު އެތައް ގުނައަކުން މަތިވުމުންނެވެ. މި އަހަރަށް ބަޖެޓް ކުރި ތެލުގެ ސަބްސިޑީގެ ޖުމްލައަކީ، 341.5 މިލިއަން ރުފިޔާައެވެ. އެއީ މުޅި އަހަރަށް ބަޖެޓް ކުރި މިންވަރު ނަމަވެސް، ރަޝިޔާގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިޔުމުގެ ސަބަބުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް، ޖުމްލަ 910.3 މިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ވަނީ ޚަރަދުވެފައެވެ.
ސަރުކާރުން މިހާރު ލަފާކުރައްވާ ގޮތުން، މި އަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު