މޫސުން ގޯސްވާނެތީ ސަމާލުވުމަށް އަންގައި، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ޔެލޯ އެލަރޓް ނެރިފައިވާ ކަމަށާއި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން، އެ އިދާރާއިން ވަނީ، މިއަދުގެ މެންދުރުފަހު 2:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު