އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ޕީޕީއެމުން މިރޭ ނިންމައިފިއެވެ.
ޕީޕީއެމުން މިގޮތަށް ނިންމާފައި ވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައެވެ.
މިރޭގެ ބައްދަލުވުމުގައި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީ.ޕީ.އެމް/ޕީއެން.ސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީން ނިންމެވުމުން، ރައީސް ޔާމީން ވަނީ އެކަން ގަބޫލުކުރައްވާފައެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން އެމަނިކުފާނު ވަކި އެއްޗެއް ހާމަކުރަށްވާފައެއް ނުވެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސް ސާލީހުގެ އިތުރުން، ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ރޭހުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ.
ޖުމްހުރީ ޕާޓީންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާއިރު، އެމްއެންޕީ އާއި އެމްޑީއޭއިންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި އެ ދެ ޕާޓީން ވަނީ ނުރަސްމީކޮށް ކެމްޕޭން ވެސް ފަށާފައެވެ.
ސިޔާސީ ޕާޓީތަކުގެ އިތުރުން އާއްމު ބައެއް ފަރުދުންވެސް ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ.

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީ.ޕީ.އެމް/ޕީއެން.ސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން ނިންމައިފި.އަދި ރައީސް ޔާމީން އެކަން ގަބޫލުކުރައްވައިފި.މަރުޙަބާ!ރައީސް ޔާމީން #RY2023 pic.twitter.com/yoPeDGcmNH
— Abdul Raheem Abdulla (@Banafsaa) July 31, 2022
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން އެމަނިކުފާނު ވަކި އެއްޗެއް ހާމަކުރަށްވާފައެއް ނުވެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސް ސާލީހުގެ އިތުރުން، ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ރޭހުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ.
ޖުމްހުރީ ޕާޓީންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާއިރު، އެމްއެންޕީ އާއި އެމްޑީއޭއިންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި އެ ދެ ޕާޓީން ވަނީ ނުރަސްމީކޮށް ކެމްޕޭން ވެސް ފަށާފައެވެ.
ސިޔާސީ ޕާޓީތަކުގެ އިތުރުން އާއްމު ބައެއް ފަރުދުންވެސް ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު