އައްޑޫ ސިޓީ ހިތަދޫ މޫދަށް އެރޭ ސަރަހައްދުން ސީލެއް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީލް ފެނިފައިވަނީ ހިތަދޫ ކަނބިހާ މޫދަށް އެރޭ ސަރަހައްދުންނެވެ. ސިލް ބަލައިލުމަށް އެ ސަރަހައްދަށް އާންމުންގެ ގިނަ ބަޔަކު އެއްވެފައެވެ.

އެމްއެންޑީއެފުން ވެސް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ސީލް ފުރަތަމަ ފެނިފައިވަނީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުންނެވެ.

މިކަމާ ގުޅޭ މައުލޫމާތެއް މިހާތަނަށް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު