އަޚުލާޤީގޮތުން ދަށުދަރަޖައިގެ ޢަމަލެއްގެ ތުހުމަތުކުރޭ ފަރާތެއްގެ ނަމުގެކުރިއަށް އެމީހަކަށް ނިސްބަތްނުވާ ސިފައިންގެ ރޭންކަކުން މުހާތަބްކުރުމަކީ މުޅި ދިވެހި އަސްކަރިއްޔާއަށްވެސް އެކަމުގެ ހުތުރު ނަން ރައްދުވާނެ ކަމެއްކަމަށް އެމްއެންޑީއެފްގެ ކުރީގެ ސްޕޯކްސްޕަރސަން އަދި މޭޖަރ ރިޓަޔަޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޖަރ ރިޓަޔަޑް އިބްރާހިމް އާޒިމް މިހެން ވިދާޅުވެފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ނަމާއި ގުޅުވައިގެން އަސްކަރިއްޔާގެ ރޭންކެއް ބޭނުންކުރާތީއެވެ.
ސިފައިންގޭގައި 34 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު ޜިޓަޔާކުރައްވާފައިވާ އާޒިމް ވަނީ ކާނަލް ރޭންކަކީ ސިފައިންގެއަށް ނިސްބަތްވާ ސިފައިންގޭގެ ސީނިއަރ ރޭންކަކަށް ވީހިނދު، ސިފައިންގޭގައި ކުރުމުއްދަތެއްގައި ޕްރައިވެޓް ރޭންކުގައި އުޅެ، ވަކިވެފައިވާ މީހަކަށް ކާނަލް ރޭންކުން ނިސްބަތްކޮށް ޚަބަރުތަކުން ގެންނަ ގެނައުން ބަދަލު ކުރަން އެދިވަޑައިގެންފައެވެ.
އަދި ކާނަލް ރޭންކްގެ ނަން ހިމަނަން ވާނީ ސިފައިންގެ ޚިދުމަތުގައި އުޅުނު އިރު ކާނަލް ރޭންކު ލިބިފައިވާނަމަކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަޚުލާޤީ ދަށުދަރަޖައިގެ ޢަމަލެއްގެ ތުހުމަތުކުރެވޭ ފަރާތެއްގެ ނަމުގެ ކުރިއަށް އެމީހަކު ސިފައިންގޭގައި އަދާނުކުރާ ރޭންކެއް ހިމެނުމަކީ މުޅި ދިވެހި އަސްކަރިއްޔާއަށް ވެސް އެކަމުގެ ހުތުރުނަން ރައްދުވާނެ ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.
އެހެންކަމުން މީޑިއާތަކުން ހަބަރު ކަވަރކުރައްވާއިރު ކާނަލް ނަޝީދުގެ ބަދަލުގައި ކުރީގެ މެންބަރު ނަޝީދުގެ ގޮތުގައި ޚަބަރުގައި ބަޔާން ކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު