އައިޖީއެމްއެޗުގެ އިމަޖެންސީ ޑިޕާޓްމަންޓް (އީއާރު) ގައި މަސައްކަތްކުރާ ނަރުހުންގެ އިންޗާޖުގެ ފަރާތުން އެ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ބުނެ، ޕެޓިޝަނެއް ހުށަހެޅި ނަރުހުންނާ ދެކޮޅަށް އެ ހޮސްޕިޓަލުން ފިޔަވަޅު އެޅިކަމަށް ދެކެވޭ ވާހަކަތައް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.
އީއާރް ޑިޕާޓުމަންޓްގައި މަސައްކަތް ކުރާ ނަރުހުންގެ ތެރެއިން ބަލިވެ އުޅޭ މުވައްޒަފުން މަސައްކަތަށް ނުކުތުމަށް މަޖުބޫރުކުރުވުމާއި، އެ ތަނުގެ ހިންގުމުގައި ވެފައިވާ އިހުމާލުތަކުގެ އިތުރުން މުވައްޒަފުންނަށް އިހާނެތިކޮށް ހިތުމުގެ މައްސަލަތަކެއް މީޑިއާގައި ވަނީ ފެންމަތިކޮށްފައެވެ. އަދި އެ މައްސަލާގައި އައިޖީއެމްއެޗްގެ އީއާރު ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ 32 ދިވެހި ނަރުހަކު ސޮއިކޮށް މެނޭޖްމަންޓަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.
މި މައްސަލަތައް ތަހުގީގު ކުރަމުން ދިޔަ ނަމަވެސް، މައްސަލާގައި ހިމެނޭ އިންޗާޖާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅައި، ޕެޓިޝަން ހުށަހެޅި ނަރުހުންގެ ޑިޕާޓްމަންޓު ބަދަލުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް މީޑިއާގައި ހަބަރު ފެތުރިފައިވަނިކޮށް އައިޖީއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރު ނަރުހުން އެކި ޑިޕާޓްމަންޓުތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމަކީ އިމަރޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ.
އަދި މި ޕެޓިޝަންގައި ސޮއިކުރި ނަރުހުންނަށް އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، އެކި ޑިޕާޓްމަންޓުތަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެޕެޓިޝަނާއި ގުޅިގެން ދިވެހި ސިވިލް ސަރވިސް ގަވާއިދުގައިވާ ފަދައިން އެމައްސަލަ ތަހުގީގުކޮށް ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަ ކުރަމުންދާކަމުގައިވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު