ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާނެކަމަށް ނުބެލެވޭކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕިއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން މަޖިލީހުގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ދުރުކުރަން ގޮވާލަމުންނެވެ.
ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތުދެއްވަމުން އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތައް ފެންމަތިވެގެން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން ބަލައިނުގަތް ހިސާބުން މަޖިލިސް ރައީސަށް އޮތް އިތުބާރު ގެއްލިފައިިވާކަމަށެވެ. އަދި މަޖިލިސް ރައީސްކަމުން ރައީސް ނަޝީދު ދުރުކުރަން ހުށަހަޅާ މައްސަލައަށް ތާއީދުކުރައްވާނެކަމަށާއި ނަމަވެސް ޕީޕީއެމުން އެކަމުގައި ގޮތެއް ނިންމާފައިނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަޖިލިސް ރައީސްކަމުން ނަޝީދު ދުރުކުރާ ވާޙަކަ އެމްޑީޕީގެ ބައެއް މެމްބަރުން ދެއްކެވިނަމަވެސް އެކަން ކުރާނެކަމަށް ނުބެލެވޭކަމަށެވެ. އަދި މީގެކުރިންވެސް އެ ޕާޓީގެ ތެރޭގައި މައްސަލަތައް ބޮޑުވެފައިވާކަމަށާއި ނަމަވެސް ނަޝީދަށް ފިޔަވަޅެއް އަޅުއްވާފައިނުވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަކީ އެމްޑީޕީއާއި ރައީސް ސާލިހަށްވެސް މުހިއްމު ބޭފުޅެއްކަމަށެވެ.
ރައީސް ނަޝީދާމެދު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއްގެ މެދުގައި ނުރުހުން އުފެދިގެން އުޅެނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރުކުރުމުން، އެކަމުގެ ހިތްހަމަނުޖެހުމާއެކު އެމަނިކުފާނު ދައްކަވާ ވާހަކަތަކުގެ ސަބަބުންނެވެ. އަދި އެމަނިކުފާނު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ މުސްލިމް ޤައުމެއްގެ މަޖިލިސް ރައީސަކު ދައްކަވަން އެކަށީގެންވާ ފަދަ ވާހަކަތަކެއް ނޫންކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު