ހިޔާ ފްލެޓްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖްމަންޓް އޮފީހެއް ހިޔާ ފުލެޓްގައި ހުޅުވައިފިއެވެ.

އެޗްޑީސީއިން މިއަދު ބުނީ ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް މިހާރު ވަނީ ހިޔާގެ 11 ވަނަ ޓަވަރުގައި އެ ކޯޕަރޭޝަންގެ މެނޭޖްމަންޓް އޮފީހެއް ހުޅުވާފައި ކަމަށެވެ. މި އޮފީސް މެދުވެރިކޮށް ފަސޭހަކަމާއެކު ހިޔާގެ ޕޭމަންޓް ދެއްކުމާއި ހިޔާ ސަރަހައްދުގައި ދިމާވަ ދަތިތަކުގެ ޝަކުވާ ހުށަހެޅޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.



ސަރުކާރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށް އެ އޮފީސް ހުޅުވިފައި ހުންނާނެ ކަމަށާއި މިވަގުތު އެ އޮފީހުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކާޑު މެދުވެރިކޮށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ދަނީ ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުން އަމާން އޮމާންކަންމަތީގައި ދިރިއުޅުމަށް މަގުފަހި ކޮށްދިނުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކޮށްދީ ވަސީލަތްތައް ވެސް ގާއިމު ކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު