ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް .ޓީ.އެލް) ބަހުގެ ޚިދުމަތް އައްޑޫ، ފުވައްމުލައް އަދި ލ.އަތޮޅުގައި ފަށައިފިއެވެ.
އެމްޓީސީސީން ބުނީ އާރުޓީއެލްގެ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރާއެކު ސޮއިކޮށްފައިވާ 50 އަހަރުގެ ސާރވިސް އެގްރީމަންޓްގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން (އަދި ގުޅިފައިވާ ރަށްތައް) އަދި ލ. އިސްދޫ އާއި ލ. ކަލައިދޫއަށް ބަހުގެ ޚިދުމަތް ފަށާފައިވާކަމަށެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ވަނީ ކަނޑައެޅިފައިވާ ރަށްތަކަށް މިހާރު ގެންގޮސްފައެވެ. އެގޮތުން ލ. އިސްދޫ އާއި ލ. ކަލައިދޫއަށް 2 ބަސް، ލ. ގަމަށް (އަދި ގުޅިފައިވާ ރަށްތަކަށް) 4 ބަސް، ފުވައްމުލަށް ސިޓީއަށް 4 ބަސް، އަދި އައްޑޫ ސިޓީ އަށް 13 ބަސް ވަނީ ގެންގޮސްފައެވެ.
ފެންވަރު ރަނގަޅު ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތުގެ ތެރޭގައި އާރްޓީއެލް ފެރީ އަދި ބަހުގެ ޚިދުމަތް ދިނުން ހިމެނެއެވެ. އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑުކުރެވިފައިވާ ފެންވަރު ރަނގަޅު އައު 41 ބަސް ވަނީ ރާއްޖެއަށް ގެނަސްފައެވެ. މި ބަސްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބޮޑުމިނާއި ޖާގައިގެ ބަސްތަކެކެވެ.
އެއަރ ކޮންޑިޝަން ކުރެވިފައިވާ މި ބަސްތަކުގައި ދަތުރުކޮށްލަން ހިތްފަސޭހަވާނެއެވެ. އަދި މީގެން ކޮންމެ ބަހެއްގައި އެއްފަހަރާ 20 މީހުންނަށް ދަތުރުކުރެވޭނެއެވެ.
އަތޮޅުތަކަށް އާރްޓީއެލް ބަހުގެ ޚިދުމަތް ދޭން ފެށި ނަމަވެސް، 14 އޯގަސްޓް 2022 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނީ ރޫޓުތައް ތަޖުރިބާ ކުރުމުގެ ދަތުރުތަކެކެވެ. އަދި މި މުއްދަތުގައި އަގު ނުދީ ބަސްތަކުގައި ދަތުރުކުރެވޭނެއެވެ.
މީގެ އިތުރުން، 3 އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށް އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.
އާރް.ޓީ.އެލް ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕް އެމްޓީސީސީގެ ވެބްސައިޓުންނާއި (އާރްޓީއެލް ވެބްސައިޓުން ލިބިވަޑައިގަންނަވާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އެދެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު