ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށެވެ. އެ އެސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން ހަވީރު 16:00 އަށް ކަމަށް މެޓް އޮފީހުން ބުންޏެެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ، މިއަދު 11:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. މިއަދާއި އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

Alert Yellow for strong winds and very rough seas. pic.twitter.com/dK8fUkjNOB
— Maldives Meteorology (@MetMaldives) July 31, 2022
މީގެއިތުރުން މެޓް އޮފީހުން ވަނީ، މިއަދު 11:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. މިއަދާއި އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު