ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަމުންދަނީ އޮންލަައިންކޮށެެވެ. މިއަދު ސޮއި ކުރަން ފެށި މިޕެޓިޝަންގައި 30 ވަރަކަށް މީހުން މިހާރު ވަނީ ސޮއިކޮށްފައެވެ.

ޕެޓިޝަނާ އެކު "އިމްޕީޗް ނަޝީދު"ގެ ނަމުގައި ސޯޝަލް މީޑީއާގައި ހާއްސަ ހޭޝްޓެގެއްވެސް މިހާރު ވަނީ ބޭނުންކުރަން ފަށާފަައެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ ދިވެހިން ބަލައިގެންފައިވާ އިޖުތިމާއީ އަދި ދީނީ ހަމަތަކަށް ރައީސް ނަޝީދު މެދުނުކެނޑި ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އަދި ފާހިޝް އަމަލުތައް ދިފާއުކޮށް މުޅި ގައުމުގެ އަގުވައްޓާލުމަށް ނަޝީދު މަސައްކަތް ކުރަމުންދާ ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު އަދި ނައިބް ރައީސްގެ މަގާމުން އީވާ އަބްދުﷲ ދުރުކުރުމަށް މަޖިލީހުގެ މެމްބަރުން ވަނީ ގޮވާލައްވާފައެެވެ.

ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ބައެއް މެންބަރުންނާއި ބައެއް އާންމުންވެސް ގޮވާލަމުން ގެންދާއިރު މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައިކަން ފާހަގަކޮށްލެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއް ހަދަމުންދާއިރު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވަނީ އެމަނިކުފާނާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު