އެސްޓީއޯއަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 155.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން މިއަދު އާންމުކުރި މާލީ ހިސާބުތަކަށް ބަލާއިރު، ދެ ވަނަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ ކުރީގެ ކުއާޓާއާއި އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

9.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 155.3 ރުފިޔާއެވެ.

އެ ކުންފުނިން ބުނެފައިވަނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓާރާ އަޅާބަލާއިރު އިތުރުވެފައިވުން ކަމަށެވެ. އަދި ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު ދަށްވިކަމުގައި ވީނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 4 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެސްޓިއޯ އިން ވަނީ ހަރަދުތައް ކުޑަކޮށް، އެ ކުންފުނީގެ ވިޔަފާރިތައް ފުޅާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން