ދެވަަނަ ޑިވިޒަން ފުޓުބޯޅަ މުބާރާތުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް މިރޭގެ މެޗް ވެސް ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗްގައި ވިކްޓްރީގެ މައްޗަށް ކުރި ހޯދައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު މެޗް ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއަކުންނެެވެ.

މި މެޗު ފެށިގެން ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި ލީޑް ނެގީ ނިއު އިންނެވެ. އެގޮތުން މި ލަނޑު މެޗްގެ 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސުހެއިލްއެވެ. ނިއު އިން މެޗުގެ ލީޑު ފުޅާކުރި ލަނޑު އެޓީމަށް މެޗްގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޯފީއެވެ.

މި މެޗުގައި ވިކްޓްރީ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަހުމަދުއެވެ. އެ ލަނޑު ޖެހީ މެޗްގެ 76 ވަނަ މިނެޓްގައެވެ. މި މެޗްގައި ވިކްޓްރީއަށް 85 ވަނަ ވިކްޓްރީގެ ކުޅުންތެރިޔަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ވަނީ ދަނޑުން ފޮނުވާލާފައެވެ. އެކަމާ ގުޅިގެން ވިކްޓްރީއަށް ވަނީ އުނދަގޫ ތަކެއް ކުރިމަތިވެފައެވެ.

ނިއުއިން މެޗުގެ ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު ނިއު އަށް ކާމިޔާބުކޮށްދިނީ ތޯރިގެވެ.

މިރޭގެ މި ނަތީޖާ އާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ސެމީއަށް ދިއުމުގެ އުންމީދު ވަނީ ބޮޑުވެފައެވެ. އެގޮތުން ކުޅުނު ތިން މެޗު ވެސް ނިއު އިން ކާމިޔާބުކޮށްފައިވާއިރު އެޓީމު މިވަގުތު އޮތީ ގުރޫޕް 2 ގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ މިއަދު ބީޖީ ބަލިކުރި އެލްޓީ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން އެއްވަނަ އާއި ދެވަނަ ޓީމެވެ. ގުރޫޕް ސްޓޭޖުގައި ނިއު އަދި ވިކްޓަރީ އަށް ވެސް އޮތީ ބާކީ ތިން މެޗު ކަން ފާހަގަކޮށްލެވެއެވެ. ހަތަރު ޕޮއިންޓާއެކު ވިކްޓަރީ އޮތީ ތިންވަނައިގައެވެ.

ނިއު އަދި ވިކްޓްރީ ދިގު ސަސްޕެންޝަނެއްގައި އޮތުމަށްފަހު ފުޓުބޯޅައިގެ ތެރެއަށް އެނބުރި އައިސް ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗު ބަލާލުމަށް ދެ ޓީމަށް ސަޕޯޓު ކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގަލޮޅު ދަނޑަށް ދިޔަކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން