ނިއުގެ މެނޭޖަރު ޢަލީ އިބްރާހީމް
ނިއުގެ މެނޭޖަރު ޢަލީ އިބްރާހީމް
ނިއުރޭޑިއަންޓުގެ ޖާޒީގައި ނުކުންނާނީ ޖޯޝާ ހިތްވަރުގައި ކަމަށާއި، ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބަ އޮތްކަމަށް ނިއުރޭޑިއަންޓްގެ މެނޭޖަރު ޢަލީ އިބްރާހީމް (ކައްޕި) ބުނެފިއެވެ.

3 އަހަރަށްފަހު ރާއްޖޭގައި ކުލަބް ލެވެލްގައި އޮންނަ އެންމެ ވާދަވެރި މެޗު ފެށެން ކުޑަވަގުތުކޮޅަކަށް ވެފައިވާއިރު، ނިއުއާއި ވިކްޓްރީ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ވިކްޓަރީގެ ހިންގުމުގައި މިހާރުވެސް އުޅުއްވާ މުޙައްމަދު އިބްރާހީމްގެ ކޮއްކޮ، ނިއުގެ މެނޭޖަރު ޢަލީ އިބްރާހީމް "ރަސް އޮންލައިން" އަށް ބުނީ، މިރޭގެ މެޗަށް ނިއުރޭޑިއަންޓުގެ ޓީމު ނުކުންނާނީ ފުރިހަމަ ޖޯޝާއި ހިތްވަރާ އެކު ކަމަށެވެ. އަދި ނިއުރޭޑިއަންޓްގެ ޖާޒީގައި ނުކުމެއްޖެނަމަ އެ ކުޅުންތެރިންގެ ޖޯޝު ހުންނާނެކަމަށާ ކުޅުންތެރިންގެ ހުނަރާ ގާބިލުކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށް ވެސް އޭނާ ބުންޏެވެ.

ޢަލީ އިބްރާހީމް ބުނީ، މިރޭގެ މެޗަކީ ނިއުއަށް ވަރަށް މުހިންމު މެޗެއް ކަމަށާ، ދިވެހި ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ތިބުމަށް ނިއުއަށް މޮޅެއް ހޯދައިދޭން ކުޅުންތެރިންނާ ކޯޗުވެސް ތިބީ ކެތްމަދުވެފައި ކަމަށެވެ.

ދެވަނަ ޑިވިޒަނުގައި މިރޭ 9:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗްގައި ނިއު ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއެވެ. މެޗާ ކުރިމަތިލާއިރު ނިއު ކުޅުނު ދެ މެޗުންވެސް މޮޅުވެ މިވަގުތު އޮތީ މުބާރާތުގެ އެއްވަނައިގައެވެ. ވިކްޓްރީ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު ދެވަނަ މެޗުން ވީ އެއްވަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން