މޯލްޑިވްސް އިސްލާމިކް ބޭންކް
މޯލްޑިވްސް އިސްލާމިކް ބޭންކް
ދިވެޖި ޤައުމީ ބޭންކް، ބީއެމްއެލްއާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ ގެ ޚިދުމަތްތަކަށް ހުށަހަޅަންޖެހޭ އެކިއެކި ލިޔެކިޔުންތައް އީމެއިލްގެ ޒަރިއްޔާއިން ފޮނުވަން އެ ދެ ބޭންކުން އެދިއްޖެއެވެ.

ބީއެމްއެލުން ވަނީ އެ ބޭންކްގެ އިންޓަނެޓު ބޭންކިން ޚިދުމަތަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބީއެމްއެލްގެ ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. ބީއެމްއެލުން ބުނީ މިހާރު ގޭގައި ތިބިގެން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީކޮށްލެވޭނެ ކަމަށާއި އެޕްލިކޭޝަން ފޯމު ޑައުންލޯޑު ކުރުމަށްފަހު ފޯމު ފުރައި ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު އެ ބޭންކުގެ ކަސްޓަމަރ ސަރވިސް އަށް އީމެއިލް ކޮށްގެން ހިދުމަތަށް އެދެވޭނެ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ އެ ބޭންކަށް ފޮނުވާ ސިޓީއާއި އިންވޮއިސްގެ އިތުރުން ނޯޓިސްތަކާއި އެހެނިހެން ޑޮކިއުމެންޓުތަކާއި ލިޔެކިޔުންތައް، 23 މާޗު ވާ ހޯމަދުވަހުން ފެށިގެން ވަކި ގޮތަކަށް އަންގަންދެން އެ ބޭންކުން ބަލައިގަންނާނީ މެއިލްގެ ޒަރިއްޔާއިން ކަމަށެވެ.

އެހެން ނަމަވެސް ކޮންމެހެން ކަރުދާސް ކޮޕީ ހުށަހަޅަން ޖެހޭ ހާލަތްތަކުގައި އެ ބޭންކުގެ ހެޑް އޮފީހުގެ އޭޓީއެމް ސެންޓަރުގައި ހުންނަ ޑްރޮޕް ބޮކްސްއަށް އެތަކެތި ލުމަށް އެމްއައިބީން ވަނީ އެދިފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން، 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ވަނީ ނިންމާފަ އެވެ. އެއާއި އެކު ޒަރޫރީ ބޭނުމަކު ނޫނީ ބޭރުތެރެއަށް ނުކުމެ ނޫޅުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން