އިބްރާހިމް ފަހީމް   12 ޖުލައި 2022 - 1:7
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޟްޙާ އީދު ފޯރީގައި ފާހަގަ ކުރަމުން ދާއިރު، މީސްމީޑިއާގައި ޒުވާނަކު ވަނީ، އެންމެން ކޮންމެވެސް ކަމެއް ކެންސަލް ވީ ވާހަކަ މި ކިޔަނީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ. އީދުގައި ރާވަމުންދާ ބޮޑެތި ހަރަކާތްތަކާއި ގުޅުވައިގެންވެސް، ކެންސަލް ވީ ވާހަކައެއް އެންމެން ކިޔާލެއް ގިނަވެއްޖެއެވެ.

ކޮންމެއަކަސް ބޮޑު އީދު ފެށުމާއިއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ގުރޫޕް ގުރޫޕަށް ބައި ހަދާފައި އުޅޭ ޒުވާނުންނާ ހަރުފުރައިގެ އެންމެންވެސް ދަނީ "ކުރިން ބުނި އެތި ކެންސަލް" ނުވަތަ ކެންސަލޭ ކިޔަމުންނެވެ. މި ކިޔާ އެއްޗެއް އެނގެން ބޭނުންނަމަ، ބަލާލަންވީ މީސްމީޑިއާގައި އެންމެން ހެއްވަމުންދާ "ވާންޗޯ" ގެ ޕޭޖެވެ.

ވާންޗޯ ގްރޫޕުން އެމީހުންގެ ޕޭޖުގައި މީގެ ދުވަސްކޮޅެއް ކުރިން ޕޯސްޓްކުރި ވީޑިއޯއެއްގައި، ރަށު ކައުންސިލުން ރައްޔިތުންނަށް އަންގާލަންޖެހޭ މުހިންމު އެންގުމެއް އަޑުގަދަކުރާއިން އަންގާލަން ހަވާލު ކުރަނީ ކާއްޓޭއާއެވެ. ކާއްޓޭއާއި ހަވާލުކުރީ އެ ރަށަށް އަންނަ ސަރުކާރުގެ ވަފުދެއް އަންނަވާހަކަ އާންމު ރައްޔިތުންނަށް އަންގާލާށެވެ. ކާއްޓޭއަށް އިރުޝާދު ދިން ގޮތަށް މަޖާ ރާގެއްގާ އެ އެންގުން އޭނާ ގޮވާދިނެވެ. ނަމަވެސް ސަރުކާރުގެ ވަފްދުގެ ދަތުރު ކެންސަލް ވުމާއި ގުޅިގެން ކައުންސިލުން ކާއްޓޭއާއި ހަވާލު ކުރަނީ ސަރުކާރުގެ ވަފްދުގެ ދަތުރު ކެންސަލްވި ވާހަކަ ގޮވާލުމަށެވެ. ވައިގާހިފައިގެން މިއުޅެނީ، އެ ދަތުރު ކެންސަލްވި ވާހަކަ ކާއްޓޭ ރަށު ތެރޭގައި ގޮވަމުން ދިޔަ ގޮތެވެ.





"ކުރިން ބުނި އެތި ކެންސަލް، ކުރިން ބުނި އެތި ކެންސަލް،" ވީޑިއޯގައި ކާއްޓޭ ގޮވަމުން ދެއެވެ.

ރާއްޖޭގެ މި ކުޑަ އާބާދީއަކީ މިފަދަ ކަންކަން ވަރަށް އަވަހަށް ވައިގާ ހިއްޕުވާލާ ބައެކެވެ. މުޅި އީދުގައި ހުރިހާ ރަށަކަށްވެސް ފެތުރިފައި އެވަނީ ކާއްޓޭގެ މި ޑައިލޮގެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން