ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ބޭންކް މެދުވެރިކޮށް މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ ވައުދަކަށްވާއިރު، މި ބޭންކުގެ އެންމެ ބޮޑު މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެސްއެމްއީ ބޭންކުން ބުނީ މިހާތަނަށް އެ ބޭންކުން 1،253،256،882 (އެއް ބިލިއަން ދުއިސައްތަ ފަންސާސްތިން މިލިއަން ދެލައްކަ ފަންސާސް ހަހާސް އަށްސަތޭކަ އަށްޑިހަ ދޭއް) ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށެވެ. މިއީ ޖުމްލަ 1036 ވިޔަފާރިއަކަށް ދޫކޮށްފައިވާ ލޯނުކަމަށް އެ ބޭންކުން ބުނެއެވެ.
އެސްއެމްއީ ބޭނުކުން ލޯނު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ރަށު ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، އައިޓީ، މެނިފެކްޗަރިން އަދި މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ. އަދި އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ.

Here is your tip on selecting the right loan product that would cater your business needs. Make sure to apply for the correct loan product to avoid delay in loan approval process. You can always approach our hotline 1613 for queries related to our services. pic.twitter.com/GHD9mGlouo
— SME Development Finance Corporation (@SDFC_mv) June 2, 2022
އެސްއެމްއީ ބޭނުކުން ލޯނު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ރަށު ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، އައިޓީ، މެނިފެކްޗަރިން އަދި މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ. އަދި އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ.
ކިޔުންތެރިންގެ ހިޔާލު