މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް ނޭޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއެރޕާސަން ރީކޯ މޫސަ މަނިކު ގޮވާލައްވައިފިއެވެ.
މޫސަ މިކަމަށް ގޮވާލެއްވީ މާލެއިން މާލެ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ރަށްރަށަށް ނިސްބަތްވާ ބައެއް ސިޔާސީ މީހުން އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.
ރީކޯ މޫސަ ވިދާޅުވީ މާލެއިން ގޯތި ދިނުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތެއްގެ ހިތުގައި ދެކޮޅުވެރިކަމެއް އޮތްކަމެއް ނޫންކަމަށެވެ. އަދި މަދު ސިޔާސީ މީހަކު ސަރުކާރާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި މާލޭ އުފަން ރައްޔަތުންނާއި މުޅި އުމުރު މާލޭގައި ދިރިއުޅުނު މީހުންގެ ބޯހިޔާވަހިކަމަށް ހުރަސްނޭޅުމަށް މޫސަ ގޮވާލެއްވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމެއް ތައާރަފްކޮށްފައިވާއިރު، މިހާތަނަށް ވަނީ ދެ ސްކީމެއް ތައާރަފްކޮށްފައެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް މިދިޔަމަހު ވަނީ "ގެދޮރުވެރިން ޕޯޓަލް" ލޯންޗުކޮށްފައެެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗެވެ. އަދި އެ ފްލެޓްތަކާއި ގޯއްޗަށް ކުރިމަތިލުމުގެ އުސޫލުތައްވެސް ވަނީ މިހާރު އާއްމުކޮށްފައެވެ.
މާލޭ ރައްޔިތުންނަށް ހިލޭ 3،000 ގޯތި ދޭން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވަނީ ހުށައަޅާފައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށައެޅުއްވި އެ މައްސަލައިގައި ބުނެފައިވަނީ ދަަރަނި ބޮޑުވެފައިވާ ހާލަތެއްގައި ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5،000 އާއިލާާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.

މާލޭން ގޯތި ދިނުމަކީ ރާއްޖޭގެ އެއްވެސް ރައްޔަތެއްގެ ހިތުގާ ދެކޮޅުވެރިކަމެއް އޮތްކަމެއް ނޫން މަދު ސިޔާސީ މީހަކު އަދުގެސަރުކާރާ ދެކޮޅަށް ބޭނުންކުރާހަތިޔާރެއްގެ ގޮތުގަ
— Moosa Maniku (Reeko) (@ReekoMoosa) July 11, 2022
މާލޭ އުފަން ރައްޔަތުންނާ މުޅިއުމުރު މާލޭގަދިރިއުޅުނު މީހުނގެ ބޯހިޔާވަހިކަމަށް ހުރަސްނާޅާ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމެއް ތައާރަފްކޮށްފައިވާއިރު، މިހާތަނަށް ވަނީ ދެ ސްކީމެއް ތައާރަފްކޮށްފައެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް މިދިޔަމަހު ވަނީ "ގެދޮރުވެރިން ޕޯޓަލް" ލޯންޗުކޮށްފައެެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗެވެ. އަދި އެ ފްލެޓްތަކާއި ގޯއްޗަށް ކުރިމަތިލުމުގެ އުސޫލުތައްވެސް ވަނީ މިހާރު އާއްމުކޮށްފައެވެ.
މާލޭ ރައްޔިތުންނަށް ހިލޭ 3،000 ގޯތި ދޭން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވަނީ ހުށައަޅާފައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށައެޅުއްވި އެ މައްސަލައިގައި ބުނެފައިވަނީ ދަަރަނި ބޮޑުވެފައިވާ ހާލަތެއްގައި ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5،000 އާއިލާާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު