ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުތަކެއް ގެނައުމަށް މަޝްވަރާކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުތަކެއް ގެނައުމަށް މަޝްވަރާ ފަށާފައި މިވަނީ، ޕާޓީތަކަށް މިހާރު ފައިސާދޭ އުސޫލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީޑިއާއަކަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހާއި މަޝްވަރާ ކުރަމުންދާކަމަށެވެ. އެގޮތުން ފައިސާ ދޫކުރުމާމެދު ދެ ވިސްނުމެއް ގެންގުޅޭކަމަށާއި، އޭގެތެރެއިން އެއް ވިސްނުމަކީ ސިޔާސީ ޕާޓިތަކަށް ދޭ ފައިސާގެ 20 ޕަސަންޓު ހުރިހާ ޕާޓިއަކަށް ހަމަހަމައަށް ބަހާލާފައި، 80 ޕަސެންޓު ފައިސާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ބަލާފައި ދިނުން ކަމަށެވެ. އަދި އަނެއް ވިސްނުމަކީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލުންކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެވޭނީ ޤާނޫނަށް ބަދަލު ގެނެސްގެންކަމަށާއި، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހުގެ އަންނަ ދައުރު ފެށުމުން މަޖިލީހަށް ހުށަހެޅޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުފޯމު ހުށަހަޅާ ފަރާތްތަކަށް ޖޫރިމަނާ އަންނަ އުސޫލު ޤާއިމްކުރިފަހުން ވަގު ފޯމް ހުށަހަޅާ މިންވަރުވެސް ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. ނަމަވެސް މި އުސޫލުތައް ބަދަލުކުރަން ސިޔާސީ ޕާޓީތަކުން އެދިފައިވާކަމަށާއި، އެހެންކަމުން އެކަމާ ގުޅުން ހުރި މަސައްކަތްތައްވެސް ކުރިއަށްދާނޭކަމަށް ކޮމިޝަނުން ބުންޏެވެ.
ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވެއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެެއެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
އެގޮތުން 10 ހާސް މެމްބަރުން ހަމަވެގެން މިހާރު ފައިސާ ލިބެނީ 4 ޕާޓީއަކަށެވެ. މިފަހަރު ޕާޓީތަކަށް ފައިސާ ދޫކުރި ގޮތަށް ބަލާއިރު އެމްޑީޕީއަށް 15،024،009.96 ރުފިޔާ، ޕީޕީއެމަށް 9،410،483.51 ރުފިޔާ، ޖޭޕީއަށް 5،526،669.74 ރުފިޔާ، އަދާލަތު ޕާޓީއަށް، 2،900،903.79 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު