ގދ. ތިނަދޫގައި ބިދޭސިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިޝަރ ސާލިމް އަލީ ވިދާޅުވީ މާރާމާރީއެއްގައި ޒަހަމްވި ބިދޭސީއަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ، ތިނަދޫގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު މިރޭ ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އަދި އެ ހާދިސާގައި ބިދޭސީއަކަށް އަނިޔާވެގެން ފަރުވާ ދެމުންދާކަމަށެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 8:45 ހާއިރު ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ވަދެ ހަމަލާދީފައިވަނީ ދަގަނޑު ހޮޅިބުރިއަކުންނެވެ. އަދި އޭނާއަށް ހަމަލާ ދިނީވެސް ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު