އައްޑޫ ސިޓީ މީދޫ އަށް މޭޔަރު އަލީ ނިޒާރު ވަޑައިގަތުމުން އޭނާގެ އިސްތިއުފާއަށް ގޮވައި މީދޫގައި އަޑުއުފުލައިފިއެެވެ.
އައްޑޫ ސިޓީ މީދޫގައި ކުރިއަށްދާ އީދުގެ ހަރާކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މޭޔަރު އަލީ ނިޒާރު ވަނީ އެރަށައް ވަޑައިގެންފައެވެ. މީދޫގެ ޒުވާނުންތަކެއް މޭޔަރު ނިޒާރުގެ އިސްތިއުފާއަށް ގޮވާލާ އަޑުއުފުލީ ޖަމިއްޔާތަކުން ކުރާ ކަންކަމަށް ކައުންސިލުން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.
ނިޒާރުގެ އިސްތިއުފާއަށް ގޮވި ބައެއް ޒުވާނުން ބުނީ އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ އަމިއްލަ ޖަމިއްޔާތަކުން އިންތިޒާމު ކުރާ ހަރަކާތްތައް ހުއްޓުވުމަށްފަހު ކޮންމެ ކަމެއް ސިޓީ ކައުންސިލުން ކުރާ ކަމެއްގެ ގޮތުގައި ދެއްކުމަށްކަމަށެވެ.
ނިޒާރުގެ އިސްތިއުފާއަށް ގޮވުމުގެ ގޮތުން މީދޫގެ ބައެއް ގެތަކުގެ ވަށާފާރުގައިވެސް ނިޒާރުގެ އިސްތިއުފާ ޖަހާފައިވާ ފޮތިގަނޑުތަކެއް ދަމާފައި ހުއްޓެެވެ. މިމައްސަލަ އާއި ގުޅިގެން މޭޔަރު އަލީ ނިޒާރުގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު