މެލޭޝިޔާ އިން ކޯވިޑް-19 ކޮންޓްރޯލް ކޮށް ސްކޫލްތައް ހުޅުވައި ލުމަށް މަޝްވަރާ ކުރެވެމުންދާ މި ދަނޑިވަޅުގައި ސްކޫލްތަކުން އަމަލު ކުރާނެ ތަފްސީލީ އެސް.އޯ.ޕީ އެއް ނެތްކަމަށްބުނެ މެލޭޝިޔާގެ ކުއަލަ ލަމްޕޫރުގެ ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މެލޭޝިޔާގެ ނެޝަނަލް އާލީ ޗައިލްޑްހުޑް އިންޓަވެންޝަން ކައުންސިލްގެ ރައީސް އަދި އެޑްވައިސަރ ގެ އިތުރުން، ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގްރާމް އޮފް މެލޭޝިޔަން ޕީޑިއަޓްރިކް އެސޯސިއޭޝަންގެ ޗެއަރމަންގެ އިތުރުން، މެލޭޝިއަން ޕީޑިއަޓްރިކް އެސޯސިއޭޝަންގެ ރައީސް ވެސް ހިމެނޭ ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ވަނީ މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓްރީއިން ނެރެފައިވާ އެސް.އޯ.ޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެޓީމުން ބުނީ އެ އެސްއޯޕީގައި ސްކޫލްތަކުގައި ކިޔަވައިދޭން ރައްކާތެރި މާހައުލެއް ގާއިމު ކުރާން ބޭނުންވާ ޚާއްޞަ އުސޫލު ތައް ހިމެނޭ ތަފުސީލީ އެސްއޯޕީއެއް ނެތް ކަމަށެވެ.
ޑޮކްޓަރުންގެ މި ޓީމުން ހާމަކުރާގޮތުގައި، މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓްރީއިން މިވަގުތު ނެރެފައިވާ އެސް.އޯ.ޕީ ގައި ސާފުކޮށް އަމަލު ކުރަން ޖެހޭނޭ ގަވާއިދުތަކެއް ހިމެނިފައި ނުވާ ކަމަށެވެ. އަދި ގަވާއިދުތަކަކީ ކޯވިޑް-19 ކޮންޓްރޯލް ކުރެވިފައި މިހާރު އޮތް ހާލަތު ދަމަހައްޓަން ތަފްސީލު ކުރެވިފައި ހުންނަން ޖެހޭނެ ގަވާއިދުތަކެއްކަމަށްވެސް ޓީމުން ބުނެފައި ވެއެވެ.
މިގޮތުން މިވަގުތު ނެރެފައިވާ އެސް.އޯ.ޕީ ގައި، ދަރިވަރުންނާއި، ޓީޗަރުން އަދި އިދާރީ މުވައްޒަފުންވެސް އަތްދޮވުމުގެ މުހިންމުކަމާއި މާސްކް އެޅުމުގެ މުހިންމު ކަމާއި، ސަމާލުކަން ދޭންވީ ކަންތައްތަކުގެ އިތުރުން، އެއްވެ އުޅުން ދުރުކޮށް ގައި ދުރުކަން އިހްތިޔާރު ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ތަފްސީލު ކުރެވިފާ ނެތް ކަމަށް މިޑޮކްޓަރުންގެ ޓީމުން ބުނެފައިވެއެވެ.
މި އެސް.އޯ.ޕީ ގައި، ކްލާހަށް ވަދެ ނުކުންނަ ކޮންމެ ވަގުތަކު އަތްދޮވެ ސެނިޓައިޒް ކުރާ ވާހަކަ ހިމެނިފައިވީނަމަވެސް މިގަވާއިދު މަޖުބޫރު ކުރުވާ ގޮތަކަށް އެސް.އޯ.ޕީ ގައި އިބާރާތް ކުރެވިފައި ނުވާކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ބުނެފައި ވެއެވެ. އަދި ޓީޗަރުންނަށް ފޭސް މާސްކް އަދި ފޭސް ޝީލްޑް އެޅުމަށް މާބޮޑު ގަވާއިދު ތަކެއްވެސް ނެތް ކަމަށް ވީހިނދު މީގެ ސަބަބުން ޓީޗަރުންގެ ފުށުން ދަރިވަރުންނަށް ބަލި ފެތުރުން އެކަށީގެންވާކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ބުނެފައިވެއެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު