ދަރިވަރުންގެ ޗުއްޓީ ހަމަޖެއްސި ގޮތާމެދު އެމްްއެންޕީގެ ނައިބު ރައީސް އަދި ސައިރިކްސް ކޮލެޖުގެ ޗެއަރމަން އަހުމަދު ޝަރީފްގެ ޚިޔާލު ތަފާތުވެ ފާޑު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ ސްކޫލް ކުދިންނަށް މީގެކުރިން އަހަރުގެ ފަހުކޮޅު ދެމުންދިޔަ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައެވެ. މިއީ ރަނގަޅަށް ދިރާސާނުކޮށް ކުރި ކަމެއްކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑު ކިޔަމުންނެވެ.
އެމްއެންޕީގެ ނާއިބު ރައީސް އަދި ސައިރިކްސް ކޮލެޖުގެ ޗެއަރމަން އަހުމަދު ޝަރީފް މިކަމާއި ގުޅިގެން ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި ހިމެނޭ މިފަދަ ކަންކަން ބަދަލުވުމުން އޭގެ ނޭދެވޭ އަސަރުކުރާކަމަށެވެ. އަދި ހަމަ އެހެންމެ އޯލެވަލް ހަދައި އޭލެވަލް ފެށުމާއި ދޭތެރޭ ލިބޭ 6 މަސް ނުލިބި، ސްކޫލުގައި ބީޓެކް ތައާރަފް ކުރުމަކީވެސް ގޯސް ނިންމުމެއްކަމަށް ތައުލީމީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޝަރީފް ވިދާޅުވިއެވެ.
"ރާއްޖޭގައި ޒަމާނުއްސުރެ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި ހިމެނޭ މިފަދަކަންކަން ބަދަލުވުމުން އޭގެ ނޭދެވޭ އަސަރުކުރޭ، ހަމަ އެހެންމެ އޯލަވަލް ހަދައި އޭލަވަލް ފެށުމާ ދޭތެރޭ ލިބޭ 6 މަސް ނުލިބި، ސްކޫލުގައި ބީޓެކް ތައާރަފް ކުރުންވެސް އެއީވެސް ގޯސް ނިންމުމެއް." ޝަރީފް ވިދާޅުވިއެވެ.
އަލަށް ގެނައި ބަދަލާއެކު މިދިޔަ ދިރާސީ އަހަރުގެ ކިޔެވުން ފެށީ އޮގަސްޓުގައެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ އަހަރު ވަނީ ނިމިފައެވެ. ނަމަވެސް ބޮޑު ޗުއްޓީ ވިއްސާރަ ދުވަސްވަރަކާއި ދިމާވުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިބަދަލަކީ ގިނަ ބަޔަކާއި މަޝްވަރާކުރުމަށްފަހު ގެނައި ބަދަލެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު