އަހުމަދު މަސްނޫމް   10 ޖުލައި 2022 - 11:59
މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސަރަކުރާނެކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.

ރާއްޖެއަށް މޫސުން ގޯސްކޮށް އުޅޭތާ ދުވަސްކޮޅެއް ވެފައިވާއިރު ރޭ ދަންވަރުން ފެށިގެން ހެނދުނާއި ހަމައަށް ބައެއް ސަރަހައްދުތަކަށް ވަނީ އެލަރޓްވެސް ނެރެފައެވެ.

މެޓް އޮފީހުން ބުނީ މާލެއިން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަވާނެކަމަށާއި ޚާއްސަކޮށް ވިލާގަނޑުގައި ވައި ގަދަވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 7 ފޫޓާ ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ކަމާއި ބެހޭ ފަރާތްތަކުން ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލްކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު