ކ. އެރިޔަދޫ ރިސޯޓު ކައިރިން އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗަކީ ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން 33 މީހުންނާއެކު ރ. މީދޫއަށް ދަތުރު ކުރަމުން ދިޔަ "އަލިސް" ނަމަކަށްކިޔާ ލޯންޗެއް ކަމަށެވެ. އެ ލޯންޗު އެރިޔަދޫ ކައިރިން އިންޖީނު ހުއްޓުމާ ގުޅިގެން ސިފައިން އެ ލޯންޗުގައި ތިބި މީހުންނަށް އެހީތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.



މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު އިރުއޮއްސި ހައެއް ޖަހަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑްގެ ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ވެލާނާ" އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ދަތުރުކޮށްފައިވާ ކަމަަށެވެ. ލޯންޗުން ދަތުރުކުރަމުންދިޔަ އެންމެން އެލޯންޗަށް ބަދަލުކޮށް، މާލެ ގެނައުމަށް މިހާރު ދަތުރުކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު