މި އަހަރުގެ އޮގަސްޓް 4 ގައި ބާއްވާ މެރިން އެކްސްޕޯގެ ލުބްރިކެންޓް ޕާޓްނަރަކަށް ވިލާ ހަމަޖެހިއްޖެއެވެ.

މިފަހަރުގެ މެރިން އެކްސްޕޯއަކީ އުޅަނދުފަހަރާއި އުޅަނދުފަހަރަށް ބޭނުންވާ އެކި ތަކެއްޗާއި، މެރިން ފުޑް، އިވެންޓް އެވޯޑް، ޕެނަލް ޑިސްކަޝަންތައް އަދި ދާއިރާގެ އެކި ފަރާތްތަކާއި ބައްދަލު ކުރުމުގެ އެކި ހަރަކާތްތައް ކުރިޔަށް ދާނެ އެކްސްޕޯއެކެވެ.

މި އެކްސްޕޯގެ ލުބްރިކެންޓް ޕާޓްނަރަކަށް ވިލާ ހަމަޖައްސާފައިވާއިރު، އެ ކުންފުނިންވަނީ، އެ ކުންފުނީގެ ފަރާތުން މާކެޓްކުރާ، ދުނިޔޭގެ ނަންބަރ ވަން ނުވަތަ ދުނިޔޭ އެއް ނަމްބަރު ލުބްރިކެންޓް ސަޕްލަޔަރު ކަމަށްވާ ޝެލް ބްރޭންޑްގެ އުފެއްދުންތައް ދައްކާލަން ނިންމާފައެވެ. އެގޮތުން، ކަނޑު އުޅަނދުފަހަރުތަކަށް ބޭނުންވާ ލުބްރިކެންޓާއި ހައިޑްރޯލިކް ބޭނުންކުރާ އެކި މެޝިނަރީތަކަށް ބޭނުންވާ ލުބްރިކެންޓް އަދި އެފަދަ ވެހިކަލާއި އުޅަނދުގެ ބްރެއްކަށް ބޭނުންވާ ލުބްރިކެންޓް ވެސް މި އެކްސްޕޯގައި ވިލާގެ ފަރާތުން ދައްކާލާނެއެވެ.

ވިލާ ހަކަތައަކީ އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތަކާއި މެޝިނަރީތަކަށް ބޭނުންވާ ގިނަގުނަ ސާމާނުތަކުގެ އެންމެ ކޮލެޓީ ބާވަތްތައް ރާއްޖެ އެތެރެކޮށް މާކެޓްކުރާ ކުންފުންޏެވެ. އަދި މި ދާއިރާގެ ގިނަބައެއްގެ އިތުބާރާއި ޔަގީންކަން ވިލާ ހަކަތައިން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން