ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާގޮތަށް ބަހުގެ ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ރޭގަނޑު 00:15 ގައި މާލޭގެ ވެސްޓު ޕާކުން ހުޅުމާލެ ފޭސް 1 ބަސް ރޫޓް އިތުރުކޮށް، މާލެ ކާނިވަލް ސަރަހައްދުން ހުޅުމާލެ ފޭސް 1 ކަށް ބަސް ރޫޓް އިތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެމްޓީސީސީން ބުނިގޮތުގައި މި ބަދަލާއެކު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ފަރާތްތަކަށް 0000 ގެ ޑިއުޓީ ނިއްމުމަށްފަހު ބަސް ޚިދުމަތް ބޭނުންކޮށްގެން މާލެ ހުޅުމާލެ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެެވެ.
"އަދި ޚާއްސަ ކޮށް އަމިއްލަ ވެހިކަލް ނުގެންގުޅޭ ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ފަސޭހަވެ މިހާރު ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެއެވެ،" އެމްޓީސީސީން ބުންޏެވެެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 2 އިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ބަސް ރޫޓްގެ ބަސް ޝެޑިއުލް އެއް ގަޑިއިރުން 30 މިނެޓަށް ބަދަލުކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެެއެވެ. މި ބަދާލާއެކު ހުޅުމާލެ ފޭސް 2 އިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ވަޒީފާ އަށް ދަތުރުކުރާ ފަރާތްތަކާއި ފުރަން ދާ ފަރާތްތަކަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އާންމު ބަހުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ގެނެެވުނު ބަދަލާއެކު އޮޕަރޭޓް ކުރާ ބަހުގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމް.ޓީ.ސީ.ސީން ބުނީ، އެކުންފުނިން މަސައްކަތްކުރަމުންދަނީ އާންމު ބަސް ޚިދުމަތަކީ ޚިދުމަތް ހޯއްދަވާ ފަރާތްތައް އެދޭފަދަ ލުއިފަސޭހަ، ހިތްހަމަޖެހޭ، އަދި ރައްކާތެރި ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދީ ދެމެހެއްޓުންކަމަށެވެ. އެގޮތުން ބަސް ދަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުކުރުމުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު