މިއަދު އަވަހާރަވި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތައުޒިޔާ ފޮނުއްވައިފިއެވެ.
އަބޭ އަވަހާރަވީ ޖަޕާންގެ ނާރާ ސިޓީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް މީހަކު ދިން ބަޑީގެ ހަމަލާ އެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ. އެކަމާ ގުޅިގެން ރައީސް ޞާލިޙު ފޮނުއްވި ތައުޒިޔާގެ މެސެެޖެެއްގައި ވިދާޅުވީ ބަޑީގެ ހަމަލާގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަބޭ އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމަޔާއެކުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިޤުތިޞާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
މި މެސެޖުގައި، ހިތާމައިގެ މިދަނޑިވަޅުގައި ޝިންޒޯ އަބޭގެ ޢާއިލާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެކުވެރި ރައްޔިތުންނަށް، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އަބޭ އަވަހާރަވީ ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އަބޭ އަށް ދިން ހަމަލާގައި އޭނާ މޭ މައްޗަށާއި ކަރަށް ވެސް ވަޒަން އަރާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެ އެވެ. އަބޭ އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެނަކު ޖަޕާންގެ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރި ވަގުތު އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށް ޖަޕާންގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަބޭ އަކީ ޖަޕާންގައި އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރު ކަމުގެ މަގާމު އަދާކުރެއްވި ބޭފުޅާއެެެވެ.

Deeply saddened to hear that former PM of Japan @AbeShinzo has passed due to his injuries.
— Ibrahim Mohamed Solih (@ibusolih) July 8, 2022
PM Abe was a statesman of the highest caliber and, we in Maldives send our sincere condolences to his family, the people and government of Japan as they cope with this tremendous loss.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިޤުތިޞާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
މި މެސެޖުގައި، ހިތާމައިގެ މިދަނޑިވަޅުގައި ޝިންޒޯ އަބޭގެ ޢާއިލާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެކުވެރި ރައްޔިތުންނަށް، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އަބޭ އަވަހާރަވީ ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އަބޭ އަށް ދިން ހަމަލާގައި އޭނާ މޭ މައްޗަށާއި ކަރަށް ވެސް ވަޒަން އަރާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެ އެވެ. އަބޭ އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެނަކު ޖަޕާންގެ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރި ވަގުތު އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށް ޖަޕާންގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަބޭ އަކީ ޖަޕާންގައި އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރު ކަމުގެ މަގާމު އަދާކުރެއްވި ބޭފުޅާއެެެވެ.
ކިޔުންތެރިންގެ ހިޔާލު