މާދަމާ ފާހަގަކުރާ އަޟުޙާ އީދުގެ މުނާސަބާތުގަައި ފެނާ ކުލަޖެހުން ގދ.ފިޔޯރީ ކައުންސިލުން މަނާކޮށްފިއެވެ.

ގދ. ފިޔޯރީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީދުތައް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މުސްލިމުންގެ ތެރޭގައި އޮންނަ އަޚުވަންތަ ކަމުގެ ގުޅުންތަށް ބަދަހިކޮށް ދީނީ ހަމަތަކުގެ ތެރެއިން މުޅި މުޖުތަމައުގައި އުފާވެރިކަން ފަތުރާލުން ކަމަށެވެ. އެހެން ނަމަވެސް އީދުތައް ފާހަގަކުރުމުގެ ނަމުގައި މަގުމަތީގައި އުޅޭ އާންމުންގެ ގަޔަށް ކުލަ ޖެހުމަކީ މަދުން ނަމަވެސް ފެންނަ ކަމެއް ކަމަަށް ހިިތާމައާއިއެ ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

"ވީމާ މި ހިނގާ 1443 ވަނަ އަހަރު އަޟުޙާ އީދުގައި އާންމު ތަންތާގައި އާންމުންގެ ގަޔަށް ކުލަ ޖެހުން ފަދަ ކަންކަން ކުރުމަކީ މަނާކަމެކެވެެ." ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

ފިޔޯރީ ކައުންސިލުން ވަނީ ރައްޔިތުން އެކަމަށް ޚާއްސަ ސަމާލުކަމެއްދީ މުޖުމަތައު އަމާން އޮމާންކުރުމަށް އަޅާ ފިޔަވަޅުތަކަށް ކައުންސިލަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އީދުތައް ފާހަގަކުރުމަށް ކުލަ ޖެހުމަކީ ދިވެހިންގެ އާދަކާދަ އާއި ސަގާފަތުގެ ތެރޭގައި ހިމެނޭކަމެެއް ނޫނެވެ. އީދު ފާހަގަކުރުމަށް ފެނާ ކުލަ ޖަހައިގެން މާރާމާރީ ހިންގުން ފަދަ ކަންކަން ވެސް މީގެ ކުރިން ވަނީ ހިނގާފައެވެ.



ކިޔުންތެރިންގެ ހިޔާލު