އިސްލާމްދީނުގައި އަންގާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި އީދު ފާހަގަކުރުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނަޢީމު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ ބަރަކާތްތެރި ހައްޖު ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ޑރ.އަނާރާ ނައީމް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު މާދަމާ އަކީ ބަރަކާތްތެރި އަޝްހާ އީދު ދުވަސް ކަމަށެވެ. އީދުގައި ހިންގާ ހަރަކާތްތައް ބަހައްޓަން ޖެހޭނީ އިސްލާމްދީނުގައި އަންގާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ކަަމަށް ޑރ.އަނާރާ ވިދާޅުވިއެވެ.
"އީދު ދުވަހު އިސްލާމްދީނުގައި އަންގަވާފައިވާ އިންތަކާއި މިންތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާ އުފާ ފާޅުކުރުމުގެ ތަފާތު އެކި ހަރަކާތްތައް އާއިލީ ގުޅުން ބަދަހި ކުރުމާއި އެކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ،" އިސްލާމް ދީނުގެ އިލްމްވެރިޔާ ޑރ.އަނާރާ ވިދާޅުވިއެވެ.
ޑރ.އަނާރާގެ މެސެޖްގައި ހައްޖު ދުވަހުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލާފައެވެ. އަނާރާ ވިދާޅުވީ ހައްޖު ދުވަހު ރޯދަ ހިފައި ފަރުޟު ކަންތައްތަށް އަދާކޮށް ސުންނަތްތައް އަދާކޮށް ގިނަގިނައިން ދުއާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކުރުމަށާއި އަމިއްލަ ނަފުސަށް ހެއު ގޮތްތައް މިންވަރު ކުރެއްވުމަށް އެދި އާއިލާ އަށާއި ގައުމަށް ހެއު ގޮތް ހޯދުމަށް އެދި މާތް ﷲގެ ހަޟުރަތުގައި ދުއާ ދެންނެވުމަށް މިއަދު މީ ވަރަށް މުނާސަބު ދުވަހެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

— Dr. Anara Naeem (@AnaraNaeem) July 8, 2022

ކިޔުންތެރިންގެ ހިޔާލު