ބަޑީގެ ހަމަލާއެއްގައި ޒަހަމްވެވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މެސެޖެއް ފޮނުއްވައިފިއެވެ.

ޖަޕާނުގެ ނަރާ ސިޓީގައި މިއަދު ކުރިއަށްދިޔަ ކެމްޕެއިން އެއްވުމެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށް އަބޭއަށް ބަޑިން ހަމަލާ ދިނުމާއި ގުޅިގެން އޭނާ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައިކަމަށް ހަބަރުތައް ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިން ރެލީއެއްގެ ތެރެއިން އަބޭއަށް ހަމަލާދިން ހަބަރާއެކު ވަރަށް ކަންބޮޑުވެވަޑައިގެންނެވިކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނުގެ ނަން ފުޅުގައި އަބޭއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ ޓްވީޓްގައި ވިދާޅުވިއެވެ.



ޝިންޒޯ އަބޭއަށް ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޝިންޒޯ އަބޭއަކީ ޖަޕާނުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އެގޮތުން 2006 އިން 2007އަށް އަދި 2012 އިން 2020 އަށް އަބޭ ވަނީ ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު