މިއަހަރުގެ ފަހު ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވައި، ބޭނުންކުރަން ފަށަން މަސައްކަތް ކުރަމުންދާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޓެސްޓް ފްލައިޓް ޖެއްސިޔަސް މިހާތަނަށް އައިރުވެސް މަތިންދާ ބޯޓު ޖައްސަން ފަށާފައެއް ނުވެއެވެ. ނަމަވެސް ޓެކްސީ ވޭއެއްގެ ގޮތުގައި ރަންވޭ މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
އެމްއޭސީއެލުން ބުނީ ރަންވޭ ބޭނުންކުރުން ލަސްވަމުންދަނީ ވީއައިއޭގެ ރަންވޭ ހިމެނޭ ސަރަޙައްދު ސްޓޭންޑަޑަށް ގެނައުން ލަސްވުމުންކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ މިންގަނޑުގައި ރަންވޭގެ ވަށައިގެންވާ ސަރަޙައްދުގައި ވަކި ދުރުމިނެއް ހިމެނޭހެން ހާމަ ހުސް ސަރަޙައްދެއް އޮންނަން ޖެހޭކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި މިވަގުތު ވީއައިއޭގެ ސީޕްލޭން ޓަރމިނަލް އޮތް ސަރަޙައްދު ހިމެނެނީ މި މިންގަނޑުގެ ތެރެއިން އައު ރަންވޭގެ އޭރިއާގެ ތެރޭގައިކަމަށާއި، އެހެންކަމުން ރަސްމީކޮށް އައު ރަންވޭ ބޭނުންކުރެވޭނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލް ހުރި ސަރަޙައްދު ހުސްކުރެވިގެންކަމަށް އެމްއޭސީއެލުން ބުނެއެވެ.
ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އައު ރަންވޭ ބޭނުންކުރަން ފެށުން ކަމަށެވެ. އެގޮތުން މިއަހަރުގެ ފަހު ކުއާޓަރުގައި އާ ރަންވޭ ބޭނުންކުރަން ފެށޭވަރުވާނޭކަމަށް އޭނާ ވިދާޅުވިއެވެެ.
ރައީސް ޔާމީންގެ ސަރުކާރުން މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެރަންވޭގެ ދިގު މިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލް އަޅަން ހަވާލުކޮށްފައި ވަނީ ސައޫދީ ބިންލާދިން ކުންފުންޏާއެވެ. އައު ރަންވޭއަކީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްަސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.

ކިޔުންތެރިންގެ ހިޔާލު