2030 ވަނަ އަހަރަށް ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށް އދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒަށް ވާސިލުވުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރިކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ފުޑް ސެކިއުރިޓީގެ ހާލަތާއި ގުޅޭގޮތުން އދގެ އެކި އެޖެންސީތައް ގުޅިގެން ނެރެފައިވާ ރިޕޯޓް ލޯންޗުކުރުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޝާހިދު ވިދާޅުވީ "ސްޓޭޓް އޮފް ފުޑް ސެކިއުރިޓީ އެންޑް ދަ ވޯލްޑް 2022" ރިޕޯޓަކީ ވަރަށް މުހިއްމު އަދި މިވަގުތަށް ވަރަށް ބޭނުންތެރި ރިޕޯޓެއްކަމަށެވެ.
ޝާހިދު ވިދާޅުވީ ކަންކަން ހިނގަމުންދަނީ 2030 ވަނަ އަހަރަށް ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށް އދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިއަށް ވާސިލުވެވޭނެ މަގަކުން ނޫންކަމަށެވެ. އަދި އެކަމަށް ހުރި ދަތިތަކަކާއި އުނދަގޫތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ. މިގޮތުން ކޯވިޑާއެކު ކާބޯތަކެތި އުފެއްދުމާއި ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.
މީގެ އިތުރުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް އަސަރުކޮށް، ތަކެތި ލިބުން ދަތިވެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިމައްސަލަ އިތުރަށް ބޮޑުވެފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ފުޑް ސެކިއުރިޓީއާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ހުރި ކަންކަމަށް ބަލާއިރު، އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ މީހުންނަށް ބޭނުންވާވަރަށް ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް އަމަލީ މަސައްކަތްތައް ކުރަންޖެހޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރިޕޯޓުގައި މައްސަލަތައް ހައްލުކުރަން ކުރަންވީ ކަންކަން ވަރަށް ރަނގަޅަށް ބުނެދީފައި ކަމަށާއި، އެހެންކަމުން މި ރިޕޯޓަކީ މިމަސައްކަތުގައި ކުރިއަށްދިއުމުގައި ބަލަންޖެހޭ ރިޕޯޓެއްކަމަށެވެ. ޝާހިދު ވިދާޅުވީ ބަނޑުހައިހޫނުކަން ނައްތާލުމަކީ ހާސިލުކުރަން އުނދަގޫ އަމާޒެއްނަމަވެސް، އެކަން ހާސިލުކުރަން ކުރެވެން އޮތް މަސައްކަތެއް ކުރަންޖެހޭކަމަށެވެ.

This is a precarious time for global #FoodSecurity.
— UN GA President (@UN_PGA) July 6, 2022
Transforming our food systems must be our foremost priority.
My remarks at the launch of 2022 report on The State of Food Security and Nutrition in the World #SOFI2022 👉 https://t.co/y4HtygeRy8 pic.twitter.com/5KCDPZ4ZMj
މީގެ އިތުރުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް އަސަރުކޮށް، ތަކެތި ލިބުން ދަތިވެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިމައްސަލަ އިތުރަށް ބޮޑުވެފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ފުޑް ސެކިއުރިޓީއާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ހުރި ކަންކަމަށް ބަލާއިރު، އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ މީހުންނަށް ބޭނުންވާވަރަށް ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް އަމަލީ މަސައްކަތްތައް ކުރަންޖެހޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރިޕޯޓުގައި މައްސަލަތައް ހައްލުކުރަން ކުރަންވީ ކަންކަން ވަރަށް ރަނގަޅަށް ބުނެދީފައި ކަމަށާއި، އެހެންކަމުން މި ރިޕޯޓަކީ މިމަސައްކަތުގައި ކުރިއަށްދިއުމުގައި ބަލަންޖެހޭ ރިޕޯޓެއްކަމަށެވެ. ޝާހިދު ވިދާޅުވީ ބަނޑުހައިހޫނުކަން ނައްތާލުމަކީ ހާސިލުކުރަން އުނދަގޫ އަމާޒެއްނަމަވެސް، އެކަން ހާސިލުކުރަން ކުރެވެން އޮތް މަސައްކަތެއް ކުރަންޖެހޭކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު