ދިރާސީ އަހަރަށް ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ބެޗް ރާއްޖެ އައިސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދިރާސީ އަހަރަށް ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ބެޗްގައި އައީ 5 ޓީޗަރުން ކަމަށެވެ. މި ޓީޗަރުންނަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.



އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ މީގެ ކުރިން ވިދާޅުވީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ބޭރުން ގެންނަންޖެހޭ ކަަމަށާއި އެހެން ނަމަވެސް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ރާއްޖެއަށް ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ އަންނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.



ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އެކަޑަމިކް ކަލަންޑަރުގައި ބުނާގޮތުން އެ އަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓަރމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު