މިދިޔަ ޖޫންމަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 2.32 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން ބުނީ މިއީ ޖޫންމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 74.1 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރުވެސް 95.1 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ ޖޫންމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސެވެ. އެއީ 846.62 މިލިއަން ރުފިޔާއެވެ. ޖީ.އެސް.ޓީން ލިބިފައިވަނީ 607.18 މިލިއަން ރުފިޔާއެވެ. މީގެއިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 418.56 މިލިއަން ރުފިޔާ، ލޭންޑް އެކިއުޒިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި 154.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 70.83 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 222.54 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ ޖޫން މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 81.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Monthly report for June 2022 has been published. To read it please click: https://t.co/6IxfCn1sNh pic.twitter.com/JBFKO5cCVt
— Maldives Inland Revenue Authority (@MIRAmaldives) July 7, 2022
މިދިޔަ ޖޫންމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސެވެ. އެއީ 846.62 މިލިއަން ރުފިޔާއެވެ. ޖީ.އެސް.ޓީން ލިބިފައިވަނީ 607.18 މިލިއަން ރުފިޔާއެވެ. މީގެއިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 418.56 މިލިއަން ރުފިޔާ، ލޭންޑް އެކިއުޒިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި 154.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 70.83 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 222.54 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ ޖޫން މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 81.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު